![މާލެ ސަރަހައްދުގައި ސެލޫނާއި ސްޕާގެ ނަމުގައި ހަށިވިއްކާ 111 ތަން އެބަހުރި - އިޙްސާން](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F2%2FGGIhb5ybgAAqmU7(1).jpg&w=3840&q=75)
މާލެ ސަރަހައްދުގައި ސެލޫނާއި ސްޕާގެ ނަމުގައި ހަށިވިއްކާ 111 ތަން އެބަހުރި - އިޙްސާން
# އަލީ އިހްސާން# ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
މާލެ ސަރަހައްދުގައި ސެލޫނާއި ސްޕާގެ ނަމުގައި ހަށިވިއްކާ 111 ތަން ހިންގާކަން ފާހަގަކުރެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
އިޙްސާން މިހެން ވިދާޅުވީ އެ ވުޒާރާގެ ދަށުން ހިންގާ މުއައްސަސާތައް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި އިހްސާންވަނީ މިހާތަނަށް ހޯމް ސެކްޓަރ އިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ މިހާތަނަށް އެ ވުޒާރާއާ ގުޅުންހުރި މުއައްސަސާތައް ގުޅިގެން ކުރި މަސައްކަތުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 183 މީހަކު އަނބުރާ ޤައުމަށް ފޮނުވާލައި 83 މީހަކު ޑީޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ސެލޫންތަކުގެ ނަމުގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކާ ތަންތަން ފާހަގަކުރެވިފައިވާ ކަމަށާއި އެތަންތަނާ މެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
ހަށިވިއްކުމަށް މީހުން ގެންނަނީ ޓޫރިސްޓް ވިސާގައި ކަމަށާއި އެފަދަ ތަންތަނުން ހައްޔަރު ކުރާ މީހުން ވަގުތުން ޑީޕޯޓް ކުރުމަކީ މިހާރު ސަރުކާރުން ގެންގުޅޭ ސިޔާސަތުކަމަށް އިހްސާން ވިދާޅުވިއެވެ. އަދި ހަށިވިއްކުމާއި އިންސާނީ ވަގުފާރިއާވެސް ގުޅިފައިވާ ކަމަށާއި އެފަދަ ފަރާތްތަކުގެ ތެރޭގައި ބަންގްލަދޭޝްގެ ބައެއް މީހުން ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ.
"ޓްރެފިކިން އިން ޕާސަން މިކިޔާ ކޮންސެޕްޓުގައި، މާނައަކީ އިންސާނުން އެމީހުން ގެނެސްގެން، އެމީހުން ލައްވާ ކުށްކުރުވާ، އޭގެެން މަންފާ ހޯދާ، އެމީހުންގެ ކަރާމާތް ގެއްލުވާލައި، މިގޮތަށް އަމަލު ކުރާ މިހުން އެބައުޅޭ. މީގެ ތެރެއިން ބިދޭސީން ޚާއްސަކޮށް އަޅުގަނޑުމެންނަށް ފާހަގަކޮށްލެވޭ. އެ ބިދޭސީން ޚާއްސަކޮށް ބަންގްލަދޭޝްގެ ރިންގުތަކެއް އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވިފައި އެބަހުރި. އޭގެ ތެރެއިން އިސްކޮށް އުޅޭ އެކަކު އަޅުގަނޑުމެން ވާނީ ޑީޕޯޓްވެސް ކޮށްފައި މިދިޔަ އެއް މަސްދުވަހުގެ ތެރޭގައި،" އިޙްސާން ވިދާޅުވިއެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އިތުރުން ބިދޭސީން ރާއްޖޭގައި ހިންގާ ވިޔަފާރި ހުއްޓުވުމަށް ވެސް އިޤްތިޞާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން މަސައްކަތްތައް ކުރައްވަމުންދާކަން އިހްސާން ފާހަގަކުރެއްވިއެވެ. އެފަދަ ވިޔަފާރިތައް ބަންދުކުރުމަކީ އަމާޒެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އިހްސާން އިތުރަށް ވިދާޅުވީ ހޯމް ސެކްޓަރ އިން މަސްތުވާތަކެއްޗާ ދެކޮޅަށް އެކުލަވާލާފައިވާ ޓާސްކް ފޯސް އިން މިހާތަނަށް 41.4 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގެންފައިވާ ކަމަށެވެ.
ގުޅުންހުރި
![ދައުލަތަށް ލިބެންޖެހޭ ބިދޭސީންނާ ގުޅޭ ފީތަކުން 1 ބިލިޔަނަށް ވުރެ ގިނަ ފައިސާ ހޯދިއްޖެ - އިހްސާން](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F10%2FWhatsApp%20Image%202024-10-22%20at%2019.18.11.jpeg&w=3840&q=75)
ދައުލަތަށް ލިބެންޖެހޭ ބިދޭސީންނާ ގުޅޭ ފީތަކުން 1 ބިލިޔަނަށް ވުރެ ގިނަ ފައިސާ ހޯދިއްޖެ - އިހްސާން
![ރައީސް ގެންގުޅުއްވާ ޖޮއިންޓް އޮޕަރޭޝަނަލް ކޮންސެޕްޓްގެ ނަތީޖާ ދަނީ ފެންނަމުން - އިހްސާން](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F9%2F082A8889%20(1)%20(1).webp&w=3840&q=75)
ރައީސް ގެންގުޅުއްވާ ޖޮއިންޓް އޮޕަރޭޝަނަލް ކޮންސެޕްޓްގެ ނަތީޖާ ދަނީ ފެންނަމުން - އިހްސާން
![ސަރުކާރުގެ އަމާޒަކީ ޖަލުތަކަށް ކުރެވޭ ޚަރަދު ކުޑަކޮށް ޖަލުތަކުން ނެރެވޭ ނަތީޖާ އިތުރުކުރުން - އިހްސާން](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F8%2F366958_df008568-1_.jpg&w=3840&q=75)
ސަރުކާރުގެ އަމާޒަކީ ޖަލުތަކަށް ކުރެވޭ ޚަރަދު ކުޑަކޮށް ޖަލުތަކުން ނެރެވޭ ނަތީޖާ އިތުރުކުރުން - އިހްސާން
![ރައީސްގެ އިރުޝާދަކީ ކޮރަޕްޝަން ހުއްޓުވަން އަޅަން ޖެހޭ ފިޔަވަޅު އެޅުމުގައި ފަސް ނުޖެހުން - އިހްސާން](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F8%2F082A8767.jpg&w=3840&q=75)