
ފ. ނިލަންދޫގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ - ފޮޓޯ: އެމްއެންޑީއެފް
ފ ނިލަންދޫގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ, ބޯކޮށް ވާރޭ ވެހި، ފ.ނިލަންދޫގައި ފެން ބޮޑުވުމާ ގުޅިގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ. ނިލަންދޫ ފަޔަރ ސްޓޭޝަންގެ ސިފައިންގެ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
މިއަދު ހެނދުނު ކުރި ވިއްސާރައިގައި ފ.ނިލަންދޫގައި ފެންބޮޑުވުމުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ. ނިލަންދޫ ފަޔަރ ސުޓޭޝަންގެ ސިފައިން ދަނީ އެ ރަށުގައި ފެންބޮޑުވި ސަރަހައްދުތަކުން ފެން ހިންދުމުގައާއި، ފެން ވަންނަން ފެށި ބައެއް ގޭގޭގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.
މިގޮތުން، އެ ރަށުގެ ހަތަރު ގެއެއްގައި ވެލި ބަސްތާ ޖަހައިދީފައިވާއިރު، ނިލަންދޫގެ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ވެސް ސިފައިން ދަނީ ކުރަމުންނެވެ.
ގުޅުންހުރި

ހިޔާ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް!

އެމްއެންޑީއެފް ކޯސްޓްގާޑް ޓްރެއިނިންގ ސްކޫލުން، އެމްޕީއެލް މުވައްޒަފުންނަށް "ޕޯޓް ސެކިޔުރިޓީ ޓްރެއިނިންގ" ހިންގައިފި

ތިނަދޫ ސިޓީ އާބާދީ މައިޒާނުގެ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް!
.webp&w=3840&q=75)




