![އޮންލީގެ ދެލަނޑާއެކު އިސްދޫ ބަލިކޮށް ގަމުން އަތޮޅު ތަށި ދިފާއުކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F2%2FIMG_20240212_052743.jpg&w=3840&q=75)
އޮންލީގެ ދެލަނޑާއެކު އިސްދޫ ބަލިކޮށް ގަމުން އަތޮޅު ތަށި ދިފާއުކޮށްފި
# ގޯލްޑަން ފުޓްސަލް ޗެލެންޖް# ލ.ގަން# ދިވެހި ކުޅިވަރު # ލ.އިސްދޫ# ފުޓްސަލްހުސެއިން ޝަރީފް ( އޮންލީ) ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ.. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ލ. އަތޮޅު، އަތޮޅު ބުރުގެ އެންމެ ފަހުގެ ޗެމްޕިއަން ގަމާއި އިސްދޫ ވާދަކުރި މެޗުގެ ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު 3-2 ގެ ނަތީޖާއަކުން އިސްދޫ ބަލިކޮށް ގަމުން އަތޮޅު ތަށި ދިފާއުކޮށްފި އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ހުޅުމާލޭ ރެހެންދި އެއް ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އިސްދޫ އިންނެވެ. މިލަނޑު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަހުސަން ރަޝާދު އެވެ.
ނަމަވެސް އޭގެ ދެމިނެޓު ފަހުން ގަމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) އެވެ. މިއީ އެޓީމުގެ ހާފުތެރެއިން ހޯދި ބޯޅައެއް ހިފައިގެން ކުރިއަށް އަރައި އިސްދޫގެ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އިސްދޫ އިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން އަފްޚާން އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އިސްދޫ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ގަމުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 27 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޝާމިސް އެވެ.
ގަމުން މިމެޗުގައި ފުރަތަަމަ ފަހަރަށް ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ގަން ކުރީގައި އޮވެގެންނެވެ.
ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ގަން ޓީމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) އެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ގަމުގެ އަހުމަދު ހަލީމް ހޯދި އިރު، މުބާރާތްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިސްދޫ ޓީމުގެ އަލީ ހުމޭޒުއެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ 129 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތުގައި 320 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަހަރުގެ މުބާރާތުގައި ލ. އަތޮޅުން 9 ޓީމުން ވާދަކުރިއިރު، މިއަތޮޅުގެ އަތޮޅު ބުރު ކުރިއަށް ގެންގޮސްފައިވަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ލިބުނުއިރު، ފައިނަލުން ޖާގަ ހޯދި އިސްދޫ އަދި ގަމަށް މުބާރާތުގެ ޒޯނު ބުރުން ވަނީ ފުރުސަތު ލިބިފައެވެ.
ގުޅުންހުރި
![އައްޑޫ މޮޓޯސްޕޯޓްސް އެސޯސިއޭޝަންގެ އެންމެންގެ ޑްރެގް ޗެންޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F7%2F1000013940.jpg&w=3840&q=75)
އައްޑޫ މޮޓޯސްޕޯޓްސް އެސޯސިއޭޝަންގެ އެންމެންގެ ޑްރެގް ޗެންޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
![އޮލިމްޕިކްސްގައި މިފަހަރު ދިވެހި ދިދަ އުފުލުމުގެ ޝަރަފް ދީމާ އާއި އިބާދުﷲ އަށް](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F7%2F1000013762.jpg&w=3840&q=75)
އޮލިމްޕިކްސްގައި މިފަހަރު ދިވެހި ދިދަ އުފުލުމުގެ ޝަރަފް ދީމާ އާއި އިބާދުﷲ އަށް
![50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު ޢުލްޔާ އާކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F7%2F1000013737.jpg&w=3840&q=75)
50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު ޢުލްޔާ އާކޮށްފި
![ކާވާ މުބާރާތަކީ ޒުވާން ކުޅުންތެރިންނަށް ކޮށައިދެވޭ އާ މަގެއް - ރާފިއު](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F7%2F451684286_910291667804265_4199904828665430022_n-1721382601434.webp&w=3840&q=75)