logoEN
cocacola
ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ އޭސީސީން ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫން - އޭސީސީ

ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ އޭސީސީން ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫން - އޭސީސީ

އައިޝަތު އިފާޝާ

logo

2/11/2024, 4:11:24 PM

# އޭސީސީ

.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ އޭސީސީން ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫންކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އޭސީސީން މިގޮތަށް ވިދާޅުވެފައި މިވަނީ, ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމާ ގުޅޭ ގޮތުން އެކޮމިޝަނުން ތަހުގީގު ކުރި މައްސަައިގައި އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ލިސްޓެއް އާންމުކުރުމާއި ގުޅިގެން ނެރުއްވި ބަޔާނެއް ގައެވެ.

އޭސީސީން ނެރުނު ބަޔާނުގައި ވިދާޅުވީ, ފްލެޓް މައްސަލައާ ގުޅޭގޮތުން އެ ކޮމިޝަނުގެ ތަހުގީގަށް ހޯދިފައިވާ ހޯދުންތަކުގެ މާއްޗަށް ބިނާކޮށް، ތަހުގީގުގެ ބޭނުމަށް ތައްޔާރު ކޮށްފައިވާ ލިސްޓެއްގެ މަޢުލޫމާތު މިހާތަނަށް ހިއްސާކޮށްފައިވާނީ، ހައުސިންގ މިނިސްޓްރީއާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއާކަމަށެވެ. އަދި އެ މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތެއް ނުވަތަ ލިޔުމެއްވެސް ކޮމިޝަނުން ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްވެސް އާއްމުކޮށްފައިނުވާނޭކަމަށް އޭސީސީން ވިދާޅުވެއެވެ.

އޭސީސީން ވަނީ އާންމު ރައްޔިތުންނާ ގުޅުންހުރި މިފަދަ ހައްސާސީ މައްސަލައެއްގައި، ރައްޔިތުންނަށް ކަމުގެ ޙަޤީޤަތް އޮޅުވާލުމަށް ސޯޝަލް މީޑިއާގައި ޙަޤީޤަތާ ޚިލާފު ވާހަކަ ފެތުރުމަކީ، ރައްޔިތުންގެ ހިތުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް ކުރާ ނާތަހުޒީބު، ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް ވިދާޅުވެ، އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭސީސީން ވިދާޅުވީ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި، އާންމުންނަށް ދޭންޖެހޭ މަޢުލޫމާތު ހިއްސާކުރާނީ ކޮމިޝަނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުންނާއި، މީޑިއާތަކަށް ރަސްމީކޮށް މައުލޫމާތު ފޯރުކޮށްދީގެންކަމަށެވެ. އަދި އެ ކޮމިޝަނަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުފޯރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށްވެސް އޭސީސީން ވިދާޅުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ