logoEN
WAMCO TOP 1
އިންވެސްޓް މޯލްޑިވްސްގެ ދެވަނަ ފޯރަމް ދުބާއީގައި

އިންވެސްޓް މޯލްޑިވްސްގެ ދެވަނަ ފޯރަމް ދުބާއީގައި

އަލްފާ އަލީ

logo

2/11/2024, 8:45:27 AM

# އިންވެސްޓް މޯލްޑިވްސް# ފްލައި ދުބާއީ

އިންވެސްޓް މޯލްޑިވްސް ފޯރަމްގެ ދެވަނަ ފޯރަމް މިމަހުގެ 13 ވަނަ ދުވަހު ދުބާއީގައި ފެށުމަށް ސަރުކާރުން ވަނީ ތައްޔާރުވެފައި ---

އިންވެސްޓް މޯލްޑިވްސް ފޯރަމްގެ ދެވަނަ ފޯރަމް މިމަހުގެ 13 ވަނަ ދުވަހު ދުބާއީގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

THE TRAVELLER AD

މުޅި ދުނިޔޭގައިވެސް ވިޔަފާރީގެ މުހިއްމު ހަބެއްގެ ގޮތުގައި ތަރައްޤީވެފައިވާ ދުބާއީގައި ބާއްވާ މިފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޔޫއޭއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުތެރޭގައެވެ. ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އިންވެސްޓް މޯލްޑިވްސްގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ ޗައިނާގައެވެ. މި ފޯރަމްވެސް އެގައުމުގައި ބާއްވާފައިވަނީ ރައީސް މުއިއްޒު އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ޗައިނާގައި ބޭއްވުނު ފޯރަމްގައިވެސް ގިނަ އަދަދެއްގެ އިންވެސްޓަރުން ބައިވެރިވެފައިވާއިރު ދުބާއީގައި ބާއްވާ ފޯރަމްގައިވެސް ގިނަ އަދަދެއްގެ އިންވެސްޓަރުން ބައިވެރިވާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ޔޫއޭއީގެ އެންމެ މަޝްހޫރު އެއް ބިނާ "ބުރުޖް އަލް ޢަރަބް"ގައި މިމަހުގެ 13ވަނަ ދުވަހު ބާއްވާ މި ފޯރަމުގައި ރާއްޖެއާއި ބައިނަލްއަޤްވާމީ އިންވެސްޓަރުން ހިމެނޭހެން 300އަށްވުރެ ގިނަ އިންވެސްޓަރުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ޔޫއޭއީގެ ޝާހީ އާއިލާގެ ވިޔަފާރިތަކާ ގުޅުންހުރި އިންވެސްޓަރުންނާއި އޯނަރުންވެސް ހިމެނެއެވެ.

ކޮމެންޓް
ފަހުގެ
HDC