logoEN
WAMCO TOP 1
ފްލައި ދުބާއީން އައްޑޫއަށް ފަށާ ދަތުރުތައް ޖޫން މަހަށް ފަސްކޮށްފި

ފްލައި ދުބާއީން އައްޑޫއަށް ފަށާ ދަތުރުތައް ޖޫން މަހަށް ފަސްކޮށްފި

އައިޝަތު އިފާޝާ

logo

1/7/2023, 3:08:56 PM

# އައްޑޫ ސިޓީ# ފްލައި ދުބާއީ

FlyDubai

ފްލައި ދުބާއީން އައްޑޫއަށް ފަށާ ދަތުރުތައް ޖޫން މަހުގެ ފަހުކޮޅަށް ފަސްކޮށްފިއެވެ.

THE TRAVELLER AD

ޔޫއޭއީގެ ބަޖެޓް އެއަރލައިން ފްލައި ދުބާއީން ކުރިން ނިންމާފައި އޮތީ އަންނަ މަހުގެ 4 ވަނަ ދުވަހު އައްޑުއަށް ސީދާ ދަތުރުތައް ފެށުމަށެވެ. އެހެންނަމަވެސް މިހާރު އެއަރލައިންގެ ދަތުރުތައް އައްޑޫއަށް ފެށުމަށް ރާވާފައިވަނީ ޖޫން މަހުގެ 24ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރާގް ވިދާޅުވީ، ދަތުރުތައް ފެށުން ލަސްކުރީ މާރކެޓު ކުރުމަށް އިތުރު ވަގުތު ބޭނުންވާތީ، ޓުއަރ އޮޕަރޭޓަރުންގެ އެދުމުގެ މަތިން ކަމަށެވެ. ފިރާގު ވިދާޅުވީ ދަތުރުތައް ފެށުމުގެ ކުރިން 8 އެގްޒިބިޝަނެއްގައި ބައިވެރިވެ، ރާއްޖޭގެ ދެކުނުގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.

މިހާރުވެސް ޖޫން 24ގައި އައްޑޫއަށް ފަށާ ދަތުރުތަކަށް ޓިކެޓު ނެގޭނެ ކަމަށާއި، އަންނަ މަހު ފެށުމަށް ކުރިން ރާވާފައިވާ ދަތުރުތަކަށް ޓިކެޓު ނެގި ފަރާތްތަކަށް އިތުރު ޗާޖަކާއި ނުލައި ޓިކެޓުގެ ތާރީޚު ބަދަލުކޮށްލެވޭނެ ކަމަށް ފިރާޤު ވިދާޅުވިއެވެ.

އަދި މިހާރު ޓިކެޓު ނަގާފައިވާ ފަރާތްތަކުން، މި މުއްދަތުގައި ދަތުރުކުރަން ބޭނުންވާނަމަ، ހިލޭ ޑޮމެސްޓިކް ޓިކެޓާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދުބާއީއަށް ދަތުރުކުރެވޭނެ ކަމަށާއި، ދުބާއީގައި 2 ދުވަހު ހުރުމުގެ ޚަރަދު ހިލޭ ހަމަޖައްސައިދޭނެ ކަމަށްވެސް ފިރާގު ވިދާޅުވިއެވެ.

ފްލައި ދުބާއީން ނިންމާފައިވަނީ އައްޑޫއަށް ކޮންމެ ދުވަހަކު ދަތުރުކުރާ ގޮތަށެވެ. މި ދަތުރުތައް ކުރާނީ ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓުން، ގަން އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. ދުބާއީއަކީ ދަތުރުފަތުރުގެ ހަބަކަށްވުމުން މިއާއެކު ދުނިޔޭގެ 185 ޤައުމަކާއި އައްޑުއާ ގުޅާލަދެއެވެ.

މި ދަތުރުތައް ފަށާތީ މޯލްޑިވިއަންއިން ގަމުން، ކޫއްޑޫއަށް ކަނެކްޝަން ފްލައިޓްތަކެއް އެޅުމަށްވެސް މިހާރު ވަނީ ނިންމާފައެވެ. އެއީ ގަމަށް އަންނަ ފަތުރުވެރިންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށެވެ.

ކޮމެންޓް
ފަހުގެ
HDC