
About-flydubai-710x473_tcm8-159731
ޔޫއޭއީގެ ދުބާއީގެ ލޯ ބަޖެޓް އެއާލައިންއެއް ކަމަށްވާ، ފްލައި ދުބާއީން އަންނަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއި ދުބާއީ އާ ދެމެދު ދަތުރު ކުރަން ނިންމައިފިއެެވެ.

ގަަމަށް އޮޕަރޭޝަންތައް ފެށުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފްލައި ދުބާއީގެ ސިއީއޯ ޣައިތު އަލް ޣައިތު ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނަށް ކޮންމެ ދުވަހަކު ދަތުރުތައް ފެށުމުން، ރާއްޖޭގެ ރީތިކަން ދެކިލުމަށް އިތުރު މަންޒިލްތައް ހިޔާރު ކުރުމުގެ އިތުރު ފުރުސަތުތައް ފަސިންޖަރުންނަށް ލިބިގެންދާނެ ކަމަށެވެ.
ފްލައި ދުބާއީ ޔޫއޭއީ އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއޭއެން) އާ ދެމެދު ދަތުރުކުރާ ފުރަތަމަ ފްލައިޓެވެ. އެ އެއާލާއިނުން އައްޑޫ އާއި ދުބާއީއާ ދެމެދު ދަތުރު ފަށަން ނިންމާފައި ވަނީ، ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށެވެ.
ފްލައި ދުބާއީން ދުބާއީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު ދަތުރުތައް ފެށީ 2013 ވަނަ އަހަރު އެެވެ. އަދި އަންނަ އަހަރުން ފެށިގެން ގަމާއި ދެމެދު ދަތުރުތައް ފަށާއިރު، ހަފްތާއަކު 28 ފްލައިޓް ރާއްޖެ އާ ދެމެދު ބާއްވާނެ ކަމަށް ބުނެފައި ވެއެވެ.







