logoEN
cocacola
އެއްދުވަހުން ރާއްޖެއަށް 10،000 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު އައު ރެކޯޑެއް!

އެއްދުވަހުން ރާއްޖެއަށް 10،000 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު އައު ރެކޯޑެއް!

އަލްފާ އަލީ

logo

2/11/2024, 7:52:36 AM

# ފަތުރުވެރިން

އެއްދުވަހުން އެންމެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކޮށްފައިވަނީ މިއަދު ---

ރާއްޖެއަށް މިއަދު ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ފައިސަލް ވިދާޅުވީ މިއަދު ރާއްޖެއަށް 10213 ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށެވެ. މިއީ މިހާތަނަށް އެއް ދުވަހެއްގެތެރޭ އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ދުވަސްކަމަށް ވަޒީރު ވިދާޅުވި އެވެ.

މީގެ ކުރިން އެއް ދުވަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މިމަހުގެ 3ވަނަ ދުވަހު އެވެ. އެއީ އެއީ 8900 ފަތުރުވެރިންނެވެ.

މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިޓަލީންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ