logoEN
cocacola
މައްސަލަ ނެތް ފޯމްުތަކުގެ ލިސްޓެއް އޭސީސީއިން ހައުސިންގ މިނިސްޓްރީއަށް ދިނުމާއި އެކު ފްލެޓް ދިނުމުގެ މަސައްކަތް ފަށައިފި

މައްސަލަ ނެތް ފޯމްުތަކުގެ ލިސްޓެއް އޭސީސީއިން ހައުސިންގ މިނިސްޓްރީއަށް ދިނުމާއި އެކު ފްލެޓް ދިނުމުގެ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

2/10/2024, 4:42:43 PM

# އޭސީސީ# ފަހި ދިރިއުޅުން ކޯޕަރޭޝަން# ހައުސިންގ މިނިސްޓްރީ

ކުރީ ސަރުކާރުން ތަރައްޤީކުރަން ފެށި ފްލެޓުތައް

ގެދޮރުވެރިޔާ ސްކީމުގެ ފްލެޓްތަކަށް ޝަރުތު ހަމަވެ، އެއްވެސް އިތުރު މައްސަލައެއް ނެތް މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީއަށް ފޮނުވައިފި އެވެ.

ގޮސިޔާ

އެމިނިސްޓްރީއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ފްލެޓްތަކާ ގުޅޭ ގޮތުން އޭސީސީން ތަހުގީގުކޮށް ބެލިބެލުމުން ޝަރުތުހަމަވެ، އިތުރު މައްލަސައެއް ހުރިކަން ފާހަގަވެފައި ނުވާ ފޯމުތަކުގެ ލިސްޓެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ވުޒާރާއަށް ލިބިފައިވާ ކަަމަށެވެ.

"އޭސީސީން ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ ފޯމު ތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމުގައި ވާތީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް މި މިނިސްޓްރީން ކުރަމުންދާ ވާހަކަ ދެންނެވީމެވެ.". އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އޭސީސީން ބުނެފައި ވަނީ ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އެކަމާ މެދުގައި އަމަލު ކުރާނެ ގޮތެއް ނިންމާނީ ހައުސިން މިނިސްޓްރީން ކަމަށް ވެސް ބުނެފައިވެއެވެ. އަދި ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނޫޅެނީ 20.7 ޕަސެންޓް ފޯމުގައި ކަމަށްވެސް ވަނީ ބުނެފައި އެވެ.

ފްލެޓް ލިސްޓާ ގުޅޭ ތަހުގީގަށް ފަހު އޭސީސީން ހައުސިން މިނިސްޓްރީ އަށް ލަފާދީފައިވަނީ ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނެތް މީހުންނަށް ފްލެޓް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހުކޮޅު ދިން މި ފްލެޓު ތަކުގެ މައްސަލަ އޭސީސީއިން ބަލަން ފެށީ ވެރިކަން ބަދަލުވުމުގެވެސް ކުރިންނެވެ. އަދި އެސީސީއިން ވަނީ ފްލެޓުތައް ދިނުން ހުއްޓާލަން އަންގައި އެކަން ހުއްޓުވާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ