logoEN
Sto top
ތިލަމާލެ ބްރިޖްގެ 33 އިންސައްތަ މަސައްކަތް ނިމިއްޖެ

ތިލަމާލެ ބްރިޖްގެ 33 އިންސައްތަ މަސައްކަތް ނިމިއްޖެ

އަހުމަދު ޝުރާއު

logo

2/10/2024, 4:32:31 PM

# ތިލަމާލެ ބްރިޖް

ތިލަމާލެ ބްރިޖުގެ މަސައްކަތްތައް

މާލެއާއި ތިލަފުށި ގުޅުވާލާ ބްރިޖް ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތުގެ 33 އިންސައްތަ މަސައްކަތް ނިންމާލާފައިވާ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ބުނެފި އެވެ.

Wamco

ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތައާމު މުހައްމަދު މިއަދު ވިދާޅުވީ ތިލަމާލެ ބްރިޖް މަޝްރޫޢުގެ ޕައިލިން މަސައްކަތުގެ 54.4 ޕަސެންޓް އަދި މުޅި މަޝްރޫޢުގެ 33.4 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އަދި މި މަޝްރޫޢުގެ މަސައްކަތް މިހާރު ހުރީ ތާވަލާއި އަޅާ ބަލާއިރު 1.2 ޕަސެންޓް ކުރީގައި ކަމަށް ތައާމު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި އެ ވުޒާރާއިން މި މަޝްރޫއު ކުރިއަށްދާއިރު ދިމާވެދާނެ ގޮންޖެހުންތައް ދިރާސާކޮށް މަސައްކަތް މަޑުޖެހުމެއްނެތި ކުރިއަށް ގެންދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލާ ދަނީ އަޅަމުންނެވެ.

View post on Twitter

އެވުޒާރާގެ އިސްވެރިންގެ ހިމެނޭ ޓީމަކުން ތިލަމާލެ ބްރިޖުގެ މަސައްކަތް ބަލާލުމަށް ޒިޔާރާތް ކޮށްފައިވާއިރު އެވުޒާރާއިން ވަނީ މިއަދު ބްރިޖުގެ އެންމެ ފަހުގެ މަސައްކަތްތަކުގެ ފޮޓޯތައްވެސް އާންމުކޮށްފައި އެވެ. އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ތިލަމާލެ ބްރިޖު އެޅުމަށް ވިލިމާލެ ފަޅުތެރޭފައި ޖަހަން ޖެހޭ ތަނބުތަކުގެ މަސައްކަތުގެ ބޮޑު ބައެއް ނިމި މިހާރު ހުރީ ފެންނާށެވެ.

މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ތިލަމާލެ ބްރިޖުގެ އެއްބަސްވުމުގައި ސެޕްޓެމްބަރު 16، 2021 ގައި ސޮއިކުރީ އެންމެ ފުރަތަމަ އެ ހުރިހާ މަސައްކަތެއް މެއި 17، 2024 އަށް ނިންމާ ގޮތަށެވެ. ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވަނިކޮށް، ކުރީގެ ސަރުކާރު ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް، ނޮވެމްބަރު 16 ގައި އެ އެއްބަސްވުމުގެ މުއްދަތު ސެޕްޓެމްބަރު 30، 2026 އަށް ވަނީ އިތުރުކޮށްފައެވެ.

ންޑިއާގެ އެފްކޮންސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. މީގެ ތެރެއިން 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާގެ ހިލޭ އެހީ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC