logoEN
cocacola
ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހަކަށް އެހީތެރިވުމަށް ޑރ ޝަހީމް ކުރެއްވި މަސައްކަތަށް އެމީހާގެ ޝުކުރު

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހަކަށް އެހީތެރިވުމަށް ޑރ ޝަހީމް ކުރެއްވި މަސައްކަތަށް އެމީހާގެ ޝުކުރު

އައިޝަތު އިފާޝާ

logo

2/8/2024, 8:06:40 AM

# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު

އޮސްޓޯގޮނިކް ސާކޯމް ކެންސަރު ޖެހިފައިވާ މާލެ ސިޓީގެ އިމާމް އަދި ޖަމާޢަތްތެރިކަންވެސް ކުރައްވަމުން ގެންދަވާ މުހައްމަދު ޖަވާދު އާދަމް އަށް ކެންސަރު ބަލި ޖެހި ފަރުވާދެމުންދާކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު އެނގިލެއްވުމުން ޖަވާދުއަށް ގުޅައި އެހީތެރިވުމަށް ކުރެއްވި މަސައްކަތް ފާހަގަކޮށް ހިތުގެ އެންމެ ފުންމިނުން ޑރ ޝަހީމްއަށް ޖަވާދު ޝުކުރު އަދާކުރައްވައިފިއެވެ.

ގޮސިޔާ

ޖަވާދުގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ, އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރަކަށް އެންމެ ގާބިލު ވަޒީރަކީ ޑރ ޝަހީމް ކަމާމެދު ދެބަސްވާނެ އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޖަވާދުއާ ދިމާވި ހާލަތުގައި ޑރ ޝަހީމް އޭނާއަށް އެތައް ފަހަރަކު ގުޅުއްވައި ކުރެއްވި މަސައްކަތްޕުޅު ފާހަގަކޮށް ޖަވާދު ކުރެއްވި ޕޯސްޓުގައި ވަނީ ޑރ ޝަހީމަށް ޝުކުރު އަދާކުރައްވާފައެވެ.

ޖަވާދު ކުރެއްވި ޕޯސްޓުގައި ވަނީ, މަތީ މަޤާމް ލިބުނީމަށް މީހަކު ކަމަކު އެދިގެން ގުޅި ކަމުގައި ވީނަމަވެސް ގިނަ ބަޔަކަށް އެއީ ދަންނަ މީހަކު އަދި ގިނަ ބަޔަކު ފޯނަށް ޖަވާބު ނުދެއްވާކަން ފާހަގަކޮށްފައެވެ. ނަމަވެސް ޑރ ޝަހީމުގެ ކިބައިގެން ފެނިގެންދިޔައީ އެއަށްވުރެ އޯގާތެރި ހައިރާން ކުރަނިވިކަމެއް ކަމަށް ޖަވާދު ފާހަގަކުރެއްވިއެވެ.

އަޅުގަނޑު ކެންސަރު ބަލީގައި ފަރުވާކުރަމުންދާކަށް އެގިވަޑައިގެން ވަރަށް ގިނަފަހަރު އަމިއްލަ ފުޅަށް ފޯނުން ގުޅުއްވި . އެއިން އެއްވެސް ފަހަރަކު ފޯނަކަށް އަޅުގަނޑަކަށް ޖަވާބެއް ނުދެވުނު. ނަމަވެސް ވައިބަރ މެސެޖު ޒަރިއްޔާއިންވެސް އަޅުގަނޑު ގެ ބަލީގެ ހާަލަތު ބައްލަވާ ހެއްދެވި. އަޅުގަނޑަށް ފަހުން މެސެޖް ފެނިގެން ހާލަތު ބަޔާންކޮށްދިނުމުން އަމިއްލަފުޅަށް އެދުނީ އެހީއަށް އެދި ހުށައެޅުމަށް. - ޖަވާދުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

އަދި އެހީތެރިކަމަށް އެދި ސަރުކާރުގެ މުވައްސަސާތަކަށް ހުށަހަޅާފައިވާކަން ޑރ ޝަހީމްގެ އަރިހުގައި ދެންނެވި ކަމަށާއި, އެކަންކަން ބައްލަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވައި އެމަނިކުފާނުގެ ބެއްލެވުުމުގެ ދަށުން ޒަކާތު ފަންޑުން ވަނީ ކޮންމެސް އެހީގެ މިންވަރެއް ހަމަޖައްސަވާ ދެއްވާފައިވާކަން ޖަވާދު ފާހަގަކުރައްވާފައިވެއެވެ.

އަދި މިހާލަތުގައި ޑރ ޝަހީމްގެ ބެއްލެވުމުގެ ދަށުން ވެދެއްވާފައިވާ އެހީތެރިކަމަކީ ވެވުނު ވަރަށް ބޮޑު އެހީއެއް ކަން ފާހަގަކުރައްވައި ވެރިންގެ ހުންނަންވާ ސިފައަކީ އެއީ ކަން ޖަވާދު ފާހަގަކުރެއްވިއެވެ.

މިއީ ނޫންތޯ ވެރީންނަކީ. މުވައްސަސާތަކަށް އިޚްތިޔާރު ކުރަންވީ މިފަދަ ބޭފުޅުން ނޫންތޯ. އަޅުގަނޑުމެންގެ ރުހުމާ ލޯބި އެބައޮތް މަނިކުފާނަށް އިންޝާﷲ .އަޅުގަނޑުގެ ދުޢާއަކީ މަނިކުފާނު ތިޔަކުރައްވާ މަސައްކަތުގައި ބަރަކާތްލައްވާ ކުރިޔަށް ދިއުމެގެ ހެޔޮތަޢުފީޤު އެކަލާނގެ މިންވަރު ކުރެއްވުން. އަބަދުވެސް އުފާވެރި އަމާން ދުވަސްތަކެއް ދެއްކެވުން. - ޖަވާދުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ޖަވާދުގެ ހާލުބައްލަވައިލެއްވުމަށް ޑރ ޝަހީމް އެތައް ފަހަރެއްގެ މަތިން އަމިއްލަފުޅަށް ގުޅުއްވައި މެސެޖު ކުރައްވާފައިވެއެވެ. އަދި އެ މެޖެސުތަކާއި ކޯލުތަކަށް ޖަވާދުއަށް ކުރިން ޖަވާބު ނުދެވިފައިވީ ނަމަވެސް ޖަވާދުއާ ވާހަކަދެއްކުމަށް ޑރ ޝަހީމް ކުރެއްވި މަސައްކަތް ޖަވާދުގެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ