logoEN
cocacola
މަޖިލިސް އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާނީ ދެ ގައުމެއްގައި

މަޖިލިސް އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާނީ ދެ ގައުމެއްގައި

އައިޝަތު އިފާޝާ

logo

2/8/2024, 6:28:07 AM

# އިލެކްޝަން ކޮމިޝަން# މަޖިލިސް އިންތިހާބު 2024

އިންތިޚާބެއްގައި މީހަކު ވޯޓު ލަނީ

މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް ރާއްޖޭން ބޭރުގައި ވޯޓުލުމަށް ބޭނުންވާ ޢަދަދަށް ރީރަޖިސްޓްރީކޮށްފައި ވަނީ އެންމެ ދެ ޤައުމުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އިލެކްޝަންސް ކޮމިޝަނުން ރީ-ރަޖިސްޓްރީއަށް ހުޅުވާމީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އިއްޔެ ހަވީރަށް ރީ-ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވެފައިވާއިރު އެ މުއްދަތުގެ ތެރޭގައި ރާއްޖޭން ބޭރުގައި ވޯޓުލުމަށް ބޭނުންވާ އަދަދަށް ރީރަޖިސްޓްރީކޮށްފައި ވަނީ ސްރީ ލަންކާއާއި މެލޭޝިޔާގައި ވޯޓުލުމަށެވެ. ބޭރު ޤައުމެއްގައި ވޯޓު ފޮށްޓެއް ބަހައްޓާނަމަ މަދުވެގެން އެ ޤައުމެއްގައި 150 މީހުން ރަޖިސްޓްރީ ކުރަން ޖެހެއެވެ.

އިލެކްޝަންސްގެ ނައިބު ރައީސް އިސްމާއިލް ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތުގައި ޖުމްލަ 13،378 މީހުން ފޯމް ހުށަހެޅި ކަމަށާއި އޭގެ ތެރެއިން ރީ-ރަޖިސްޓްރީ ކޮށްދީފައި ވަނީ 11،919 މީހުން ކަމަށެވެ. އަދި 1459 ހުށަހެޅުން ބަލައި ނުގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުޞަތު އިތުރު ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނަމަވެސް މަޖިލިސް އިންތިޚާބު ރަމަޟާން މަހަށްފަހު ބާއްވާނަމަ އިތުރު ފުރުސަތެއް ދޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ މާޗު މަހުގެ 17ގައެވެ. އެ ދުވަހަކީ ރަމަޟާން މަހުގެ ދުވަހަކާ ދިމާވާތީ އިންތިޚާބު ފަސް ކުރުމަށް އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް އިސްލާހެއް ވަނީ ހުށަހަޅައިފައެވެ. އެ އިސްލާހު މިހާރު ވަނީ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ވެސް ފޮނުވާފައެވެ. އެ އިޞްލާޙް ފާސްކޮށްފިނަމަ އިންތިޚާބު ބޭއްވޭނީ ރަމަޟާން މަސް ނިމި 10 ދުވަސް ފަހުންނެވެ.

އިލެކްޝަންސުން ވަނީ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައެވެ. ނަމަވެސް މިހާތަނަށް ނަން ހުށަހަޅާފައިވަނީ 11 ބޭފުޅުން ކަމަށް ހަބީބު ވިދާޅުވިއެވެ. އެއީ އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރެއްވުމަށް ނަން ހުށަހެޅުއްވި 6 ބޭފުޅުންނާއި އެމްޑީއޭގެ ޓިކެޓުގައި ވާދަކުރައްވާ 3 ބޭފުޅުންނާއި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ދެ ބޭފުޅުންނެވެ. ހަބީބު ވިދާޅުވި ގޮތުގައި މިހާތަނަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން 10 ބޭފުޅެއްގެ ހުށަހެޅުން އިލެކްޝަންސް އިން ވަނީ ބަލައިގެންފައެވެ. އަދި އެއް ބޭފުޅެއްގެ ހުށަހެޅުން ބަލައި ނުގަންނަ ކަމަށް ވިދާޅުވިއެވެ.

އިލެކްޝަންސްއިން ވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން ހުށަހަޅަން ޖެހޭ ފޯމުތައް މިދިޔަ މަހުގެ ތެރޭގައި އާންމުކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ފަހުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން ފުރިހަމަކޮށްފައިވާ ރެކޯޑުތައް ބަލައިގަންނަ ގޮތަށް ވެސް އެ ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

މަޖިލިސް އިންތިޚާބުގައި ސިޔާސީ ޕާޓީތަކުގެ އިތުރުން އަމިއްލަ ގޮތުން ވެސް ވާދަކުރެވޭނެއެވެ. އަމިއްލަ ގޮތުން ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެ ވާދަކުރާ ދާއިރާއެއްގެ ތާއީދު އޮތްކަން އަންގައިދިނުމަށް 50 މީހުންގެ ސޮއި ހޯދަން ޖެހޭނެއެވެ. ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕީޕީއެމް/ޕީއެންސީއާއި އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން މިހާރު ވަނީ ޕްރައިމަރީ ބާއްވައި ދާއިރާތަކުގެ ޓިކެޓް ހަވާލުކޮށްފައެވެ. އަދި އަދާލަތު ޕާޓީން ވަނީ އެ ޕާޓީގެ ފަރާތުން ވާދަކުރާ ދާއިރާތައް ކަނޑައަޅައި އެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ ޓިކެޓް ހަވާލުކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ