logoEN
cocacola
ރަށުން ބޭރުގައި ޗެންޕިއަން އަލް އިއްތިހާދަށް ފަސޭހަ މޮޅެއް

ރަށުން ބޭރުގައި ޗެންޕިއަން އަލް އިއްތިހާދަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

2/8/2024, 4:15:00 AM

# ސައުދީ ޕްރޮފެޝަނަލް ލީގު# އަލް އިއްތިހާދު# އަލް ތާއީ # ބޭރު ދުނިޔޭގެ ކުޅިވަރު

އަލް އިއްތިހާދުގެ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

މަހެއްހާ ދުވަހުގެ ބްރޭކަކަށް ފަހު ސައުދީ ޕްރޮފެޝަނަލް ލީގުގެ ކުޅުން ބުދަދުވަހުގެ ރޭ ފެށިއިރު، ފުރަތަަމަ މެޗުގައި ޗެންޕިއަން އަކް އިއްތިހާދާ އަލް ތާއީ ވާދަކުރި މެޗުގެ 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް އިއްތިހާދުން ލީގު ތާވަލްގެ ފަސްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ގޮސިޔާ

ސައުދީ ޕްރޮފެޝަނަލް ލީގުގައި ބުދަދުވަހުގެ ރޭ ރަށުން ބޭރުގައި އަލް ތާއީ އާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެންޕިއަން އަލް އިއްތިހާދުން ލީގު ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އިއްތިހާދުން ލީޑު ހޯދީ ފުރަތަމަ ހާފުގެ 8 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މޮރޮކޯގެ ފޯވާޑް އަބްދުއްރައްޒާކް ހަމްދުﷲ އެވެ. މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 15 މެޗުގައި އޭނާ ކާމިޔާބުކުރި 11 ވަނަ ލަނޑެވެ.

މިމެޗުގައި އިއްތިހާދުން ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރު ފައިސަލް އަލް ޣަމްދީ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އަލް އިއްތިހާދު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އަލް ތާއީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި މެޗު ނިމެން ދަނިކޮށް އަލް އިއްތިހާދުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ.

މިލަނޑު ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ރޮމާރީނިހޯ އެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު ކާންޓޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އަލް އިއްތިހާދު ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 19 މެޗުން އަލް އިއްތިހާދަށް 31 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ފަސްވަނައިގައެވެ. އަދި މިމެޗު ބަލިވި ތާއީ އިން ލީގުގައި ކުޅުނު 19 މެޗުން ލިބުނު 17 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 16 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ