logoEN
cocacola
ސްޓްލެކޯ ހިދުމަތްދޭ ސަރަހައްދުތަކުގައި ހުރި މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށް މަޝްވަރާކޮށްފި

ސްޓްލެކޯ ހިދުމަތްދޭ ސަރަހައްދުތަކުގައި ހުރި މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށް މަޝްވަރާކޮށްފި

އައިޝަތު އިފާޝާ

logo

2/7/2024, 7:53:04 PM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ# ސްޓެލްކޯ

ސްޓެލްކޯއާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން

ސްޓެލްކޯ ޚިދުމަތްދޭ ސަރަހައްދުތަކުގައި ހުރި މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށް އިސްލާމިކް މިނިސްޓްރީއާއި ސްޓެލްކޯއިން މަޝްވަރާ ކޮށްފިއެވެ.

ގޮސިޔާ

މި މަޝްވަރާކޮށްފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސައީދާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ސްޓެލްކޯގެ އިސްވެރިންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމުގައި, ސްޓެލޯގެ ޚިދުމަތްދޭ ސަރަހައްދުތަކުގައި ހުރި މިސްކިތްތަކާއި ދީނީ އެކި މުޢައްސަސާތަކުގައި ސޯލާ ޕެނަލް ހަރުކުރުމާއި, ސްޓެލްކޯ ހިދުމަތްދޭ ދާއިރާގެ ތެރެއިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ފަންނީ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ވަނީ މަޝްވަރާކޮށްފައެވެ.

ސްޓެލްކޯއާއި އެކު މިސްކިތްތަކުގައި ސޯލާ ހަރުކުރުމަށް މަޝްވަރާ ކުރެވުނުއިރު، އަލަށް ހަދާ މިސްކިތްތަކުގައި ސޯލާ ހަރުކުރުމަކީ އަސާސީ ކަމަކަށް ހެދުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ސްޓެލްކޯއާއި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ބައްދަލު ކުރައްވާފައިވާއިރު، މާލެ ސަރަހައްދުގެ އިތުރުން ސްޓެލްކޯއިން ރާއްޖޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށް މިހާރުވެސް ޚިދުމަތް ކަރަންޓު ޚިދުމަތް ފޯރުކޮށްދެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ