logoEN
cocacola
އިންޑިއާގައި މީހަކު ބަރަހަނާ މަންޒަރު އެކުލެވޭ ފިލްމް ބެލުމަށްފަހު އަންހެން ކޮއްކޮ ރޭޕްކޮށް މަރާލައިފި

އިންޑިއާގައި މީހަކު ބަރަހަނާ މަންޒަރު އެކުލެވޭ ފިލްމް ބެލުމަށްފަހު އަންހެން ކޮއްކޮ ރޭޕްކޮށް މަރާލައިފި

އައިޝަތު އިފާޝާ

logo

2/6/2024, 7:19:53 AM

# އިންޑިއާ

.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ކަސްގަންޖް ޑިސްޓްރިކްޓްގައި އުމުރުން 19 އަހަރުގެ ފިރިހެނަކު އޭނާގެ 17 އަހަރުގެ ކޮއްކޮށް ރޭޕްކޮށް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

ގޮސިޔާ

މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 3 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސަންޖޫ ނަމަކަށް ކިޔާ މި ފިރިހެން މީހާ އޭނާގެ ކޮއްކޮ ރޭޕްކޮށްފައިވަނީ އޭނާގެ ފޯނުން ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯތަކެއް ބެލުމަށްފަހުއެވެ.

މި ހާދިސާ ހިނގިއިރު ގޭގައި ތިބީ ސަންޖޫއާ އޭނާގެ ކޮއްކޮ އެކަންޏެވެ. އެމީހުންގެ މަންމަ އެވަގުތު ހުރީ އާއިލާ ބައެއްގެ ގޭގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެ ސަރަހައްދުގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސަންޖޫ އޭނާގެ ކޮއްކޮ ރޭޕްކޮށްފައިވަނީ ނިދާފައި އޮއްވާ ކަމަށެެވެ. އަދި އެކުއްޖާގެ ކަރުގައި ހިފާ މަރާލާފައިވަނީ އެކުއްޖާ ރޭޕް ކުރި ކަން އެހެން މީހުންގެ ކައިރީ ބުނެފާނެ ކަމަށް ބިރުންނެވެ.

އަންހެން ކޮއްކޮ މަރާލުމަށްފަހު ފިލައިގެން އުޅުނު ސަންޖޫ ހައްޔަރުކޮށްފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އަދި ހައްޔަރުކޮށް އޭނާއާ ސުވާލު ކުރުމަށް ވަނީ ކުށަށް އިއުތިރާފްވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ