logoEN
cocacola
އައްޑޫ އިން ގޯތި ލިބޭ މީހުންގެ ގުރުލުން ބުދަ ދުވަހު ފަށަނީ

އައްޑޫ އިން ގޯތި ލިބޭ މީހުންގެ ގުރުލުން ބުދަ ދުވަހު ފަށަނީ

އަލްފާ އަލީ

logo

2/6/2024, 6:07:40 AM

# އައްޑޫ ސިޓީ ކައުންސިލް# ގޯތިގެދޮރު# އައްޑޫ ސިޓީ

ފުރަތަމަ މަރުހަލާގައި އައްޑޫ ސިޓީން ދޫކުރުމަށް ހަމަޖެހިފައިވަނީ 1000 ގޯތި ---

އައްޑޫއިން ދޫކުރާ ބަންޑާރަ ގޯތި ލިބުނު މީހުންގެ މެދުގައި، އަންނަ ބުދަ ދުވަހުން ފެށިގެން ގުރުލުން ކުރިއަށް ގެންދަން ނިންމާފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

ގޮސިޔާ

އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ގޯތި ކަނޑައެޅުމަށް ގުރުއަތުލުމުގެ މަސައްކަތް ގޯތި ލިބޭ މީހުންގެ ލިސްޓާއެއްގޮތްވާ ގޮތުގެ މަތީން، ފެބުރުއަރީ 07، 2024 ވާ ބުދަ ދުވަހުން ފެށިގެން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

ގޯތި ދިނުމަށް ބިންތައް އެކަށައެޅޭ ނިސްބަތުން ލިސްޓުގައިވާ ތަރުތީބުން ގުރުއަތުލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި އެއް އަވަށަށް ވުރެ ގިނަ އަވަށްތަކުން ގޯތި ލިބުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ގޯތި ބޭނުންވާ އަވަށް އިހްތިޔާރު ނުކުރާ ފަރާތްތަކަށް ގޯތި ދޭން ހަމަޖެހިފައިވަނީ އެފަރާތެއް ރަށްވެހިވެފައިވާ އަވަށުން ކަމަށް އެ އިއުލާންގައި ވަނީ ބުނެފައެވެ.

އައްޑޫ ސިޓީން ގޯތި ދޫކުރުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި 1،000 ގޯއްޗަށް އެދި 4،000 އަށްވުރެ ގިނަ މީހުން ވަނީ ފޯމު ހުށަހަޅާފައެވެ.

ފުރަތަމަ މަރުޙަލާގައި ގޯތި ދޫކުރަން ނިންމާފައި ވަނީ ގޯތި ދޫ ކުރުމަށް ފުރުސަތު ހުޅުވާލި ހަތަރު އަވަށަކުން ޖުމަލަ 1000ގޯތި (ހިތަދޫން 500ގޯތި، ފޭދޫން 300ގޯތި، ހުޅުދޫން 100ގޯތި، އަދި މީދޫން 100ގޯތި) އެވެ. އަދި ލިސްޓުގައި ހިމެނޭ އެހެން ފަރާތްތަކަށް ދެވަނަ މަރުހަލާގައި ދޫކުރުމަށް ހަމަޖެހިފައިވާގޯތި ދޫކުރާނީ އަވަށްތަކަށް އިތުރު ކުރި ބިންތަކުގެ ލޭންޑްޔޫޒް ޕްލޭންހަދައި ސާވޭގެ މަސައްކަތް ފުރިހަމަ ކުރުމަށްފަހުގައި ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ