logoEN
WAMCO TOP 1
ފަތުރުވެރިކަމަށްޓަކައި އައްޑޫ ސިޓީގެ އިޚްތިޞާޞުން "ސަވާހެލި" ވަކިކުރައްވައިފި

ފަތުރުވެރިކަމަށްޓަކައި އައްޑޫ ސިޓީގެ އިޚްތިޞާޞުން "ސަވާހެލި" ވަކިކުރައްވައިފި

އަހުމަދު ޝުރާއު

logo

7/23/2026, 4:15:30 AM

# އައްޑޫ ސިޓީ ކައުންސިލް

-

ފަތުރުވެރިކަމުގެ ބޭނުމަށްޓަކައި، އައްޑޫ ސިޓީގެ އިދާރީ އިޚްތިޞާޞުން އެ އަތޮޅު "ސަވާހެލި" ވަކިކުރައްވައި، އައްޑޫ ސިޓީގެ އިޚްތިޞާޞަށް ބަދަލުގެނެސްފިއެވެ.

THE TRAVELLER AD

މި ބަދަލު ގެންނަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއްޔެ ނެރުއްވި ޤަރާރަކުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 1-56 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުންނެވެ. އެ މާއްދާގައިވާ ގޮތުން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަނެއެވެ.

މި ނިންމެވުމާ ގުޅިގެން ނެރުއްވި (ނަންބަރު 13/2026) ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި، އައްޑޫ ސިޓީގެ އިޚްތިޞާޞަށް އައިސްފައިވާ ބަދަލު ދައްކުވައިދޭ ޗާޓު ވަނީ ޖަދުވަލުކުރެވިފައެވެ. އަދި މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.

އައްޑޫ ސިޓީގެ އިޚްތިޞާޞުން ސަވާހެލި ވަކިކުރެއްވުމުން، އެ ރަށް ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރުމުގެ މަގު ސަރުކާރަށް ފަހިވެގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC