
ތިން ޤައުމަކަށް ސަފީރުން އައްޔަން ކުރަން ރުހުން ހޯދަން ހުށަހަޅައިފި
# ރައްޔިތުންގެ މަޖިލިސް# ސަފީރުންރައްޔިތުންގެ މަޖިލިސް --
ތިން ޤައުމަކަށް ސަފީރުން އައްޔަން ކުރަން ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މަގާމުތަކަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް މިއަދުގެ މަޖިލީހުގައި ވަނީ އިއްވާފައެވެ.
ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް އައްޔަނުކުުރުމަށް ފޮނުއްވާފައި ވަނީ މއ. ތުޅާގިރި، މަސްއޫދު އިމާދުއެވެ. އަދި މެލޭޝިއާގެ ސަފީރު ކަމަށް މ. ރުށްފުށި ޑރ. މަރިޔަމް ޝަބީނާ އަހުމަދު އައްޔަންކުރަން ވަނީ ހުށަހަޅުއްވާފައެވެ.
ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅާ ސަފީރު ކަމަށް މ. ގީލާވިލާ، ގީލާ އަލީ އައްޔަން ކުރަން މަޖިލީހުގެ ރުހުން ހޯދުމަށް ވަނީ ފޮނުއްވާފައެވެ.
ސަފީރުކަމަށް އައްޔަންކުރައްވާ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް އަށް ވަނީ ފޮނުވާފައެވެ.
ގުޅުންހުރި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން މަޖިލީހުން ފާސްކޮށްފި

ޑަބްލިއުޑީސީތަކަށް ރަސްމީ މުސާރަ އާއި ރޯދަ އިނާޔަތް ދޭން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިންޑިއާއަށް ފުރާވަޑައިގަންނަވައިފި
.jpg&w=3840&q=75)