logoEN
cocacola
ފަހަތުން އަރައި ބްރެންޓްފޯޑް ބަލިކޮށް، ސިޓީ އިން ލިވަޕޫލާއި ދެމެދުގައި އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފި

ފަހަތުން އަރައި ބްރެންޓްފޯޑް ބަލިކޮށް، ސިޓީ އިން ލިވަޕޫލާއި ދެމެދުގައި އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފި

ހަސަން ޝަމްއޫން

logo

2/6/2024, 1:00:00 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓާ ސިޓީ # ބްރެންޓްފޯޑް # އިގިރޭސި ޕްރިމިއާ ލީގް

ބްރެންޓްފޯޑް ކޮޅަށް ލަނޑުޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ

އިގިރޭސި ޕްރެމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ ރަށުން ބޭރުގައި ބްރެންޓްފޯޑް އިން ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ކާމިޔާބުކޮށް 3-1 ގެ ނަތީޖާއަކުން މޮޅުވެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އިން އެއްވަނާގައި އޮތް ލިވަޕޫލާއި ދެ ޕޮއިންޓަށް ކައިރިކޮށްފި އެވެ.

ގޮސިޔާ

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑޮމިނޭޓުކުރި އިރު މި ހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން އެޓީމުގެ ޒުވާން ފޯވާޑް އަލްވަރޭޒް އަދި ހާލަންޑްގެ އިތުރުން ގްވާޑިއޯލް އަށް ލިބުނު ހުސް ފުރުސަތުތަކުގެ ހުރަހަކަށްވީ މިމެޗުގައި މޮޅު ކުޅުމެއް ދެއްކި ބްރެންޓްފޯޑްގެ ނެދަލޭންޑްސް ކީޕަރު މާކް ފްލެކެން އެވެ.

މީގެ އިތުރުން މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ވެސް ބްރެންޓްފޯޑް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވާޑް ނީލް މައުޕޭ އެެވެ. މިއީ އެޓީމުގެ ކީޕަރު ފްލެކެން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެސް ފުރަތަަމަ ހާފު ނިމުމުގެ ކުރިން މެންޗެސްޓާ ސިޓީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ފިލް ފޮޑެން އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ސިޓީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި އެޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފޮޑެން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރިއިރު، ފަހުހާފުގެ 70 ވަނަ މިނެޓުގައި ހާލަންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ފޮޑެން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 22 މެޗުން ސިޓީއަށް 49 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. ތިންވަނައިގައި އޮތް އާސެނަލް އަށް ވެސް 23 މެޗު ކުޅެގެން 49 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ބްރެންޓްފޯޑް އިން ލީގުގައި ކުޅުނު 22 މެޗުން ލިބުނު 22 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 15 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ