logoEN
WAMCO TOP 1
2026 ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލް ކުޅޭނީ ނިއުޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި

2026 ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލް ކުޅޭނީ ނިއުޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި

ހަސަން ޝަމްއޫން

logo

2/6/2024, 12:30:00 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# ފީފާ ވޯލްޑްކަޕް 2026

ނިއުޔޯކް ނިއު ޖާޒީ ސްޓޭޑިއަމް

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު 19 ޖުލައި 2026 ވަނަ ދުވަހު އެމެރިކާގެ ނިއުޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުމަށް ފީފާއިން ތާވަލުކޮށްފި އެވެ.

THE TRAVELLER AD

އެމެރިކާގެ ނިއު ޖާޒީގެ އީސްޓް ރަދަފޯޑްގައި ހުންނަ ނިއުޔޯކް ނިއު ޖާޒީ ސްޓޭޑިއަމް އަކީ 2010 ވަނަ އަހަރު ހުޅުވުނު 82,500 މީހުންގެ ޖާގައިގެ ސްޓޭޑިއަމް އެވެ. އަދި މި ސްޓޭޑިއަމްގައި 19 ޖުލައި 2026 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ ފައިނަލް މެޗުގެ އިތުރުން އެ މުބާރާތުގެ ސްޓޭޖުގެ ފަސް މެޗާއި ރައުންޑް އޮފް 32 އަދި ރައުންޑް އޮފް 16 ގެ އެެއް މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިހާތަނަށް އެންމެ ގިނަ ގައުމު ވާދަކުރާ ފީފާ ވޯލްޑްކަޕް 2026 ގެ މެޗުތައް ކުޅޭނެ ފްރޭމްވޯކް ފީފާ އިން މިހާރު އާންމުކޮށްފައިވާއިރު، 48 އަށް ގައުމު ވާދަކުރާ މިމުބާރާތުގައި ޖުމްލަ 104 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ކެނެޑާ، މެކްސިކޯ އިތުރުން އެމެރިކާ 16 ސިޓީއެއްގައި އެވެ.

މީގެ ުއިތުރުން މުބާރާތުގެ ފުރަތަަމަ މެޗު 11 ޖޫން 2026 ގައި ކުޅުމަށް ހަމަޖެހިފައިވަނީ މެކްސިކޯ ސިޓީގެ އެސްޓާޑިއޯ އަޒްޓެކާގައެވެ.

ކޮމެންޓް
ފަހުގެ
HDC