logoEN
cocacola
ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީން ރައްޔިތުންގެ އަދަދު 27,000 އަށްވުރެ މައްޗަށް!

ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީން ރައްޔިތުންގެ އަދަދު 27,000 އަށްވުރެ މައްޗަށް!

އަހުމަދު ޝުރާއު

logo

2/5/2024, 5:30:02 PM

# ފަލަސްތީން - އިސްރާއިލް# ޣައްޒާ

ޣައްޒާގެ ހާލަތު

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަަމަލާތަކުގައި ޝަހިދުވި މީހުންގެ އަދަދު 27،000 އިން މައްޗަށް އަރައިފިއެވެ.

ގޮސިޔާ

ޣައްޒާގެ ސިއްހީ ވުޒާރާއާއި ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 27,478 މީހަކު ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 10،000 އަށްވުރެ ގިނަ ކުޑަކުދިންނާއި 7,000 އަށްވުރެ އަންހެނުން ހިމެނެއެވެ.

މިހާތަނަށް ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން 66,000 އަށްވުރެ ގިނަ މީހުން ޒަހަމްކޮށްލާފައިވާކަންވެސް އަލް ޖަޒީރާއިން ވަނީ ސިއްހީ ވުޒާރާގެ ތަފާސްހިސާބުތަކާއި ހަވާލާދީ ރިޕޯޓްކޮށްފައި އެވެ.

އަލް ޖަޒީރާއިން އިތުރަށް ރިޕޯޓްކޮށްފައިވާ ގޮތުގައި ވޭތުވެދިޔަ 24 ގަޑި އިރުގެ ތެރޭގައި 113 މީހަކު ޔަހޫދީންގެ ހަމަލާތަކުގައި ވަނީ ޝަހީދުވެފައި އެވެ. އަދި 200 އަށްވުރެ ގިނަ މީހުންނަށް ޒަހަމްވެ އަންނަނީ ފަރުވާ ދެމުންނެވެ.

ޔަހޫދީންގެ ހަމަލާތަކުގައި 100 އަށްވުރެ ގިނަ ނޫސްވެރިންވެސް ޝަހީދުވެފައިވާއިރު، ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުގައި ވަޅުލެވި ނުވަތަ ގެއްލިފައި 8000 އަށްވުރެ ގިނަ މީހުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ގެއްލިފައިވާ މީހުންގެ 67 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާގެ60 އިންސައްތަ ބިނާތައް ހަލާކުވެފައިވެއެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ސްކޫލް އިމާރާތްތަކާއި މިސްކިތްތަކުގެ އިތުރުން އެޕާޓްމެންޓް އިމާރާތްތައް ހިމެނެއެވެ. އޭގެ އިތުރުން ޣައްޒާގެ 36 ހޮސްޕިޓަލުގެ ތެރެއިން 25 ހޮސްޕިޓަލެއްގެ ހިދުމަތް އެއްކޮށް ވަނީ ހުއްޓާލަންޖެހިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ