
ފުލުހުން ހޯދަމުން އަންނަ މީހާ ---
ސައިކަލެއްގެ ޕޮކެޓުގައި އޮތް ފޯނެއް ވަގަށް ނެގި މައްސަލައިގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ސައިކަލެއްގެ ޕޮކެޓުގައި އޮތް ފޯނެއް ވަގަށް ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށް ފުލުހުން ވިދާޅުވީ، ވީޑިއޯ އިން ފެންނަ މީހާއަކީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ، މ. މާޔާގެ ކުރިމަތީގައި ޕާކްކޮޮށްފައިހުރި ސައިކަލެއްގެ ޕޮކެޓުގައި އޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.
އޭނާ އަކީ ކާކުކަން ދެނެގަނެ އޭނާ ހޯދުމަށްޓަކައި ފުލުހުން ވަނީ އާއްމުންގެ އެހީއަށް އެދިފައެވެ.
ވީޑިއޯއިން ފެންނަ މީހާ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.
ގުޅުންހުރި

މާރާމާރީއެއް ރާވާކަމުގެ ތުހުމަތުގައި 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ސީޕީ އެދިވަޑައިގަތީ ފުލުހުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން އެގޮތުގައި ދެމެހެއްޓުމަށް

ކަނޑަށް ވެއްޓުނު ކޮންޓޭނަރުތަކުގެ ތެރެއިން 2 ކޮންޓެއިނަރު ފެނިއްޖެ




