logoEN
cocacola
ލީގުގައި ހެރީ ކޭން ކާމިޔާބުކުރި 24 ވަނަ ލަނޑާއެކު ބަޔާން މިއުނިކުން ފަރަގު ކުޑަކޮށްފި

ލީގުގައި ހެރީ ކޭން ކާމިޔާބުކުރި 24 ވަނަ ލަނޑާއެކު ބަޔާން މިއުނިކުން ފަރަގު ކުޑަކޮށްފި

ހަސަން ޝަމްއޫން

logo

2/4/2024, 5:42:12 AM

# ބުންޑެސްލީގާ# ބަޔާން މިއުނިކް # ބޮރޫޝިއާ މުންޗެންގްލަޑްބެކް # ބޭރު ދުނިޔޭގެ ކުޅިވަރު

ހެރީ ކޭން ލަނޑުޖެހުމަށްފަހު ޓީމުގެ ކުޅުންތެރިންނާއި އެކު އުފާފާޅުކުރަނީ

ޖަރުމަނު ބުންޑަސްލީގާގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން މޮޅުވެ ބަޔާން މިއުނިކުން ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލެވަކޫސަން އާއި ދެމެދުގައިވާ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފި އެވެ.

ގޮސިޔާ

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގެ ފުރަތަަމަ ނުރައްކާތެރި ހަމަލާ ފެނިގެންދިޔައީ ބަޔާން މިއުނިކްގެ ފަރާތުންނެވެ. އެގޮތުން މެޗު ފެށިގެން ފަސްވަނަ މިނެޓްގައި މުންޗެންގްލަޑްބެކް ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ސަނޭ ކުރިއަށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މީގެ އިތުރުން ވެސް ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި މުންޗެންގްލަޑްބެކްގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި ހެރީ ކޭން ފޮނުވާލި ބާރު ހަމަލާ ކީއްޕަރު ނިކޮލަސް ހުޝިޔާރުކަމާއެކު ދިފާއުކުރިއިރު، މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ މުންޗެންގްލަޑްބެކް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްވިޒަލޭންޑްގެ ޑިފެންޑަރު ނިކޯ އެލްވެޑީ އެވެ. މިއީ އެޓީމުގެ ޔޫއެސްއޭ ފޯވާޑް ޖޯޑަން ސިބަޗޭއު ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ބަޔާން މިއުނިކުން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު އެލެކްސެންޑާ ޕަލޮވިޗް އެވެ. މިއީ އެޓީމުގެ ތަޖުރިބާކާރު މިޑްފިލްޑަރު ތޯމަސް މުލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ބަޔާން މިއުނިކުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިގިރޭސި ފޯވާޑް ހެރީ ކޭން އެވެ. މިއީ މިސީޒަނުގައި ލީގުގައި އޭނާ ކާމިޔާބުކުރި 24 ވަނަ ލަނޑެވެ. އަދި މިއީ 2007/8 ވަނަ ސީޒަނުގައި ލޫކާ ޓޯނީއަށް ފަހު، ފުރަތަަމަ ސީޒަނުގައި ބަޔާން މިއުނިކްގެ ކުޅުންތެރިއަކު ލީގުގައި 24 ލަނޑު ކާމިޔާބުކުރި ފުރަތަަމަ ފަހަރެވެ.

މިމެޗުގައި ބަޔާންގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނެދަލޭންޑްސްގެ ޑިފެންޑަރު މަތައިސް ޑި ލިޓް އެވެ. މިއީ އެޓީމުގެ ލެރޯއީ ސާނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 20 މެޗުން ބަޔާން މިއުނިކަށް 50 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އެއްވަނާގައި އޮތް ބަޔާން ލެވަކޫސަން އަށް 20 މެޗުން 52 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި މުންޗެންގްލަޑްބެކް އިން ލީގުގައި ކުޅުނު 20 މެޗުން ލިބުނު 21 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 13 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ