logoEN
cocacola
ފަހަތުން އަރައި މާލީ ބަލިކޮށް އައިވަރީ ކޯސްޓް ސެމީފައިނަލަށް

ފަހަތުން އަރައި މާލީ ބަލިކޮށް އައިވަރީ ކޯސްޓް ސެމީފައިނަލަށް

ހަސަން ޝަމްއޫން

logo

2/4/2024, 4:02:58 AM

# އެފްރިކަން ކަޕް އޮފް ނޭޝަންސް 2024# އައިވަރީ ކޯސްޓް # މާލީ # ބޭރު ދުނިޔޭގެ ކުޅިވަރު

އައިވަރީ ކޯސްޓުގެ ކުޅުންތެރިން އިތުރު ވަގުތުގެ ތެރޭގައި މާލީ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

އައިވަރީ ކޯސްޓުގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި މާލީ އިން ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައި ވަނިކޮށް ފަހަތުން އަރައި ދެލަނޑު ކާމިޔާބުކޮށް އައިވަރީ ކޯސްޓުން މުބާރަތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ގޮސިޔާ

މުބާރާތުގެ ކުއާޓާ ފައިނަލުން އައިވަރީ ކޯސްޓް ޖާގަ ހޯދީ ދެވަނަ ބުރުގައި 2-1 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ސެނަގާލް ބަލިކުރުމަށްފަހު އެވެ. އަދި މާލީ އިން ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި ބުރުކީނާ ފާސޯ 2-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ލަނޑުޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ މާލީ އަށެވެ. ފުރަތަަމަ ހާފުގެ 16 ވަނަ މިނެޓުގައި އައިވަރީ ކޯސްޓުގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ މާލީއަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް އެޓީމުގެ އެޑަމާ ޓްރައޯރޭ ކުރިއަށް ފޮނުވާލި ޕެނަލްޓީ އައިވަރީ ކޯސްޓުގެ ކީޕަރު ފޮފާނާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މިމެޗުގައި އައިވަރީ ކޯސްޓަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ފުރަތަަމަ ހާފުގެ 43 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު އޮޑިލޯން ކޮސޫނޫ ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ. އަދި ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ މާލީ އިންނެވެ. މިލަނޑު ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރު ޑޯޖެލްސް ނެނޭ އެވެ.

އައިވަރީ ކޯސްޓުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރައިޓަންގެ ފޯވާޑް ސައިމަން އެޑިންގްރާ އެވެ. މިލަނޑާއެކު މެޗުގެ 90 މިނެޓްގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށްޓަކައި ކުޅެވުނު 15 މިނެޓްގެ ދެ ހާފްގެ ތެރެއިިން ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އައިވަރީ ކޯސްޓުން ވަނީ ލަނޑެއް ކާމިޔާބުކޮށް ފުރަތަަމަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އުމަރް ޑިއަކައިޓް އެވެ. އަދި ލަނޑުޖެހުމަށް ފަހު ކުޅިވަރުގެ ރޫހާ ހިލާފު ވެފައިވާތީ ރެފްރީ ވަނީ އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އައިވަރީ ކޯސްޓް ކުރީގައި އޮވެގެންނެވެ.

މުބާރަތުގެ ސެމީފައިނަލްގެ ދެވަނަ މެޗުގައި މިމަހުގެ 8 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 01:00 ގައި އައިވަރީ ކޯސްޓުން ނުކުންނާނީ ކޮންގޯ އާއި ދެކޮޅަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ