logoEN
cocacola
ޝަހާދަތުގެ ދެކަލިމަ އަކީ ޖަހަންނަމަ އިން އިންސާނާ ސަލާމަތް ކޮށްދޭ އައްޑަނަ - ހުތުބާ

ޝަހާދަތުގެ ދެކަލިމަ އަކީ ޖަހަންނަމަ އިން އިންސާނާ ސަލާމަތް ކޮށްދޭ އައްޑަނަ - ހުތުބާ

އަލްފާ އަލީ

logo

2/2/2024, 8:10:03 AM

# ހުތުބާ# ހުކުރު ޚުތުބާ

މިސްކިތް --

ޝަހާދަތުގެ ދެކަލިމަ ކަމުގައިވާ لَا إِلَـٰهَ إِلَّا اللهُ، مُحَمَّدٌ رَسُوْلُ اللهِ އަކީ، ﷲ تَعَالَى ގެ ޢަޛާބާއި ޢުޤޫބާތުގެ ހުރަގެ ކަމުގައިވާ ޖަހަންނަމައިން އިންސާނާ ސަލާމަތް ކޮށްދޭ އައްޑަނަ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ޝަހާދަތުގެ ދެކަލިމައާއި ހަޔާތާ ހުރި ގުޅުމުގެ މައްޗަށެޗެ.

ޝަހާދަތުގެ ދެކަލިމަ ކަމުގައިވާ لَا إِلَـٰهَ إِلَّا اللهُ، مُحَمَّدٌ رَسُوْلُ اللهِ އަކީ، އިސްލާމް ދީން އެ ދެ ކަލިމައެއްގެ މަތީގައި ބިނާވެފައިވާ، އިސްލާމް ދީނުގެ ބިންގާ ކަމަށާއި، އެއީ ޖަހާލަތާއި ކުފުރުގެ އަނދިރިކަމުން ހިދާޔަތުގެ އަލިގަދަ ނޫރުގެ ތެރެއަށް އިންސާނާ ވައްދައިދޭ ދަންމަރު ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އަދި އެއީ ﷲ تَعَالَى ގެ ޢަޛާބާއި ޢުޤޫބާތުގެ ހުރަގެ ކަމުގައިވާ ޖަހަންނަމައިން އިންސާނާ ސަލާމަތް ކޮށްދޭ އައްޑަނަ ކަމަށާއި، އެކަލާނގެ ދިންނެވުމާއި ނިޢުމަތުގެ ގޯތިކަމުގައިވާ ސުވަރުގެއަށް އިންސާނާ ވާޞިލުކޮށްދޭނެ ވަސީލަތް ކަމަށްވެސް ވަނީ ބުނެފައެވެ. ހަމަ އެހެންމެ އެއީ އަހަރެމެން އޭގެ މަތީގައި ދިރިއުޅުން ބިނާކުރާ އިސްލާމީ ޝަރީޢަތުގެ އަސާސް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ޝަހާދަތުގެ ދެކަލިމައިގެ ފުރަތަމަ ކަލިމަ ކަމުގައިވާ لَا إِلَـٰهَ إِلَّا اللهُ ގެ މާނައަކީ: "ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން ފަރާތެއް ނުވެއެވެ." އެހެންކަމުން މި ކަލިމައަށް ފުރިހަމަޔަށް އީމާންވާ މީހާ، އެއްވެސް ސިފައެއްގައި އެކަލާނގެއާ އެހެން ފަރާތަކާ އިލާހުވަންތަކަމާއި ރައްބުވަންތަކަމުގައި، ޝަރީކު ކޮށްގެން ނުވާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ޝަހާދަތުގެ ދެކަލިމައަށް ފުރިހަމަ ގޮތުގައި އީމާންވުމަށްޓަކައި، މިދެކަލިމަ މުސްލިމާގެ ޙަޔާތާ ގުޅިފައިވާ ގޮތްތައް ދެނެގަތުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. އެހެނީ، ޝަހާދަތުގެ ދެކަލިމަ ނިސްބަތްވަނީ މާތް ﷲ އާއި، އެކަލާނގެ ރަސޫލާ މުޙައްމަދު ސައްލައްﷲ އަލައިހި ވަސައްލަމަ އަށެވެ.

ޝަހާދަތުގެ ދެކަލިމަ އޭގެ ޙަޤީޤީ މާނާގައި ހިތުގެ އަޑިން ޤަބޫލުކުރާ މީހާ، މާތް ﷲ ގެ ފޮތާއި ކީރިތި ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމަގެ ސުންނަތް އޭނާގެ ޙަޔާތާ ގުޅުވާލާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި ޝަރީޢަތުގެ މި ދެމަޞްދަރު އުނގެނި، އޭގައިވާ އެއްޗެއްގެ މުރާދު ދެނެގަތުމަށް މަސައްކަތްކޮށް އެއަށް ޢަމަލުކޮށް އެއާ އެއްގޮތަށް އޭނާގެ ޙަޔާތް ބައްޓަންކުރާ މީހަކަށް ވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މާތް ﷲ ގެ ކަލާމްފުޅުގެ ތަފްސީރާއި، މާތް ނަބިއްޔާ ސައްލައްﷲ އަލައިހި ވަސައްލަމަ ގެ ޙަދީޘް ބަސްފުޅުތަކުގެ ޝަރަޙަ އުނގެނެން ބޭނުންވާ މީހަކަށް، އަދަށްވުރެ ބޮޑަށް މިކަންތައް ފަހިވެ، ފަސޭހަވެފައިވީ ޒަމާނެއް ދުނިޔޭގެ ތާރީޚު ދެކިފައެއް ނުވާކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ. ޤުރްއާން ކިޔެވުމާއި ޙަދީޘްތައް ކިޔުން އަހަރެމެންގެ ކިބައިގައި އަށަގެންފައިވާ އާދައަކަށް ހަދަން ބޭނުންވާ މީހާ ކޮންމެ ދުވަހަކުވެސް ތަކުރާރުކޮށް އެކަމެއް ކުރުންމަތީ ދެމިހުރުން ވަރަށް މުހިންމު ކަމަށެވެ.

"ގާތްގަނޑަކަށް އެކާވީސް ދުވަސް އެގޮތުގައި ހޭދަކޮށްފިނަމަ، އޭނާގެ ކިބައިގައި އެކަމެއް އާދައެއްކަމުގައި އަށަގަތުން ވަރަށް ގާތެވެ. އެހެންކަމުން ޤުރްއާން ކިޔެވުމާއި ޙަދީޘް ކިޔުން އެމީހެއްގެ ކިބައިގައި އާދައެއްގެ ގޮތުގައި އަށަގަންނުވަން ބޭނުންވާ މީހަކަށްވެސް މިފަދަ ގޮތަކަށް ޢަމަލު ކުރެވިދާނެއެވެ. މިސާލަކަށް ކޮންމެ ދުވަހަކު ފަސް މިނިޓް ޤުރްއާން ކިޔަވަން އަދި ފަސް މިނިޓް ޙަދީޘް ކިޔަން ހޭދަ ކުރެވިދާނެއެވެ. އެގޮތުގައި މަހެއްހާ ދުވަސް ހޭދަކޮށްފިކަމުގައި ވާނަމަ ﷲ ގެ އިރާދަފުޅާއެކު އެކަމަށް އާދަވުމަކީ ވަރަށް ގާތްކަމެކެވެ. އަދި މިކަމަށް އާދަވުމާއެކު ކޮންމެ ދުވަހަކު ކިޔަވާ މިންވަރު މަޑުމަޑުން އިތުރު ކުރަމުން ދެވިދާނެއެވެ." - ހުތުބާ

ހުތުބާގައި ބުނެފައިވަނީ ޝަހާދަތުގެ ދެކަލިމައިގެ މުރާދާ އެއްގޮތަށް ދިރިއުޅުން ބިނާކުރުމަށްޓަކައި މި ދެކަލިމައިގެ ޝަރުޠުތައް އެނގުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މި ދެކަލިމަ ލާޒިމުކުރާ ކަންކަން ރަނގަޅަށް އުނގެނުމާއެކު، މި ދެކަލިމައިގެ މުރާދު ރަނގަޅަށް ދެނެގަނެ، ޝައްކުކަމެއް ނެތި ޔަޤީންކުރަންވާނެ ކަމަށް ބުނެފައިވެއެވެ. އަދި މިދެކަލިމައިން ދޭހަކޮށްދޭ އެންމެހާ ކަމެއް އިޚްލާޞްތެރިކަމާއެކު ޤަބޫލުކޮށް، ދުލުން ކިޔައި، ހިތުން އިޤުރާރުވާންވާނެ ކަމަށާއި، އަދި މިދެކަލިމަ މަތިވެރިކޮށް، މިދެކަލިމަ ލާޒިމްކުރާ ކަންކަން ނަގަހައްޓާ ފަރާތްތައް ދެކެ ލޯބިވުން ލާޒިމުވެގެންވާ ކަމަށެވެ. އަދި މުޅި އިސްލާމީ ޝަރީޢަތަށް ބޯލަނބައި ކިޔަމަންގަންނަން ވާނެކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އަހަރެމެންގެ އަޚްލާޤީ އަދި ސުލޫކީ މިންގަނޑު އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ ގޮތުގެ މަތީގައި ބިނާކުރެވިފައިވުމަކީ އަހަރެމެންގެ ޙަޔާތް ޝަހާދަތުގެ ދެކަލިމަޔާ ގުޅިގައިވާ ކަމުގެ ނިޝާނެއް ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ. މިއީ ފާފަތަކަށް އަރައިގަތުމުން ވެސް މީހާ ދުރުކުރުވާނެ ކަމެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

"އިސްލާމީ ޝަރީޢަތުގައި ފާފައެއް ކަމުގައި ކަނޑައަޅުއްވާފައިވާ ކޮންމެ ކަމަކީ ފާފައެކެވެ. އެހެންކަމަށްވާނަމަ، އޭނާގެ ހަވާނަފްސު ކިތަންމެ ބޭނުންވިޔަސް، އިސްލާމީ ޝަރީޢަތުގައި ފާފައެއް ނުވަތަ ކުށެއްކަމުގައި ކަނޑައަޅުއްވާފައިވާ ކަމެއްކުރުމަށް އޭނާ ފަސްޖެހޭނެއެވެ. އަދި ﷲ އާއި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ ކަމަކަށް އަމުރުކުރައްވާފައި ވާނަމަ، ނުވަތަ ކަމެއް ނަހީކުރައްވާފައި ވާނަމަ އެކަމެއްގައި އޭނާއަށް އިޚްތިޔާރެއް ލިބިފައިވާ ކަމަކަށް ނުދެކޭނެ" - ހުތުބާ

ާމާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އަދި الله އާއި، އެކަލާނގެ رَسُوْل އާ ކަމަކަށް ނިޔާކުރައްވައިފި ހިނދު، مُؤُمِن ފިރިހެނަކަށްވެސް، އަދި مُؤُمِن އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اِخْتِيَارُ އޮތުމަކީ ނެތްކަމެކެވެ. އަދި الله އަށާއި، އެކަލާނގެ رَسُوْل އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ."

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ