logoEN
cocacola
ޝަމީމްއަށް ހަމަލާދިނީ 22 އަދި 23 އަހަރުގެ ދެ ޒުވާނުން, ތަހުގީގު ނިމެންދެން ބަންދަށް!

ޝަމީމްއަށް ހަމަލާދިނީ 22 އަދި 23 އަހަރުގެ ދެ ޒުވާނުން, ތަހުގީގު ނިމެންދެން ބަންދަށް!

އަހުމަދު ޝުރާއު

logo

2/1/2024, 4:08:20 PM

# ޕީޖީ ޝަމީމް

ޝަމީމް ހަމަލާއަށް ފަހު

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އަށް އިއްޔެެ ހަމަލާދިން ކަމުގެ ތަހުމަތުގައި ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި އެވެ.

ގޮސިޔާ

އެދެމީހުންގެ މައްޗަށް ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރެއް އައިސްފައިމިވަނީ ޝަމީމްއަށް ހަމަލާދިން ކަމަށްބުނާ ދެމީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން މިއަދު މެެންދުރު ހާމަކޮށްފައި ވަނިކޮށެވެ. އެގޮތުން މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކުރި ދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރީ މިރޭގެެ ވަގުތެއްގައި އެވެ.

ފުލުހުން ވަނީ އެދެމީހުންގެެ މައްޗަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރި ހިންގުމާއި އަމަންއަމާން ކަން ނަގާލި ކަމުގެ ތުހުމަތު ކޮށްފައި އެވެ.

އެެދެމީހުން ބަންދުކުރުމަށް ކޯޓުން ނެރުނު އަމުރުން އެނގޭ ގޮތުގައި ހައްޔަރުކޮށްފައިވަނީ ދެމީހުންނަކީ އުމުރުން 22 އަހަރުގެ ދިވެހި ޒުވާނަކާއި 23 އަހަރުގެ ދިވެހި ޒުވާނެކެވެ.

ޝަމީމްއަށް ގުޅޭ މަޢުލޫމާތު ދެއްވުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ ޝަމީމަށް ޙަމަލާދިނީ މޫނު ފޮރުވައިގެން ތިބި ބަޔަކު އެކަން ކުރުމަށް ދުރާލާ ވަރަށް ބޮޑަށް ރާވައިގެންކަމަށެވެ. ނަމަވެސް އެއި ކޮންބައެއްކަން ދެނެގަނެވިފައިވާކަމަށް ޝުޖާޢު ވިދާޅުވިއެވެ.

މި މައްސަލައިގެ ތަހްގީގް ކުރިއަށްދާތީ އިތުރު މަޢުލޫމާތު މިވަގުތު ހާމަކުރެވެން ނެތްކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

އަދި މިފަދަ މައްސަލަތައް ފުލުހުން އަބަދުވެސް ސީރިއަސް މައްސަލަތަކެއްްގެ ގޮތުގައި ބަލަމުންދާ ކަމަށާއި, ޚާއްސަކޮށް ޕީޖީ ޝަމީމަށް ދިން ހަމަލާއަކީ ސީދާ ސަރުކާރަށް ދިން ހަމަލާއެއް ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ