
ރޭޕްކުރުމާ ދެކޮޅަށް ހިންގާ ކެމްޕޭންތަކުގައި ބޭނުންކުރާ ޕޯސްޓަރެއް
އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ގްވާލިއާ ޑިސްޓްރިކްޓްގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ މައިންބަފައިންގެ ކުރިމަތީގައި ރޭޕްކޮށްފިއެވެ.

އިންޑިއާގެ ފުލުހުންނާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ގްރޫޕަކުން އެ ކުއްޖާ ރޭޕްކޮށްފައިވަނީ މައިންބަފައިންނަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކުމަށްފަހުގައި ކަމަށެވެ.
އެޑިޝަނަލް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް (އޭއެސްޕީ) ރިޝިކޭޝް މީނާ އާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭ ބަންވަރްޕޫރު ސަރަހައްދުގައި ކަމަށާއި ނަމަވެސް އެ މައްސަލަ ހުށަހެޅީ އޭގެ ދެ ދުވަސް ފަހުން ކަމަށެވެ.
އެއަންހެން ކުއްޖާއާއި އާއިލާ އެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރީ މީގެ މަހެއްހާ ދުވަސްކުރިން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަދި އެކުއްޖާ ރޭޕްކުރި މައްސަލައިގައި ތުހުމަތު ކުރެވޭ އެކަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް އެ ސަރަހައްދުގެ ފުލުހުންނާ ހަވާލަދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ގުޅުންހުރި

242 ޕަސެންޖަރުންނާއި އެކު ދަތުރުކުރަމުންދިޔަ އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެ

ފަތުރުވެރިންނަށް އަމާޒުކޮށް ކަޝްމީރުގައި ނިރުބަވެރި ހަމަލާއެއް ދީފި: މަރުވި މީހުންގެ އަދަދު 20 އަށް!

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ އަވަހާރަވެއްޖެ
