ފީފާ ރޭންކިންގެ އެންމެ ކުރީގައި އޮތް ފަސް ގައުމު މުބާރާތުން ކަޓައިފި
ހަސަން ޝަމްއޫން
1/31/2024, 7:27:46 AM
މުބާރާތުގައި ވާދަކުރި ފީފާ ރޭންކިންގެ އެންމެ ކުރީގައި އޮތް ފަސް ގައުމު
އައިވަރީ ކޯސްޓުގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން ނިމުނުއިރު، މުބާރާތުގައި ވާދަކުރި ޓީމުތަކުގެ ތެރެއިިން ފީފާ ރޭންކިންގެ އެންމެ ކުރީގައި އޮތް ފަސް ގައުމު މުބާރާތުން ކަޓައިފިއެވެ.
އޭގެތެރޭގައި ފީފާ ރޭންކިންގެ 30 ވަނާގައި އޮތް އަލްޖީރިޔާ އާއި 28 ވަނާގައި އޮތް ޓިއުނީޝިޔާ މުބާރަތުން ކެޓީ ގުރޫޕް ސްޓޭޖުންނެވެ. މީގެ ތެރޭގައި އަލްޖީރިޔާ އަކީ 2019 ވަނަ އަހަރު ބޭއްވުނު މުބާރާތުގެ ޗެންކަން ހޯދި ޓީމެވެ. އަދި މިއީ އަލްޖީރިޔާ މުބާރާތުގެ ގުރޫޕް ސްޓޭޖުން ޖެހިޖެހިގެން ކެޓި ދެވަނަ ފަހަރެވެ.
މީގެއިތުރުން ފީފާ ރޭންކިންގެ 33 ވަނާގައި އޮތް މިސްރާއި 16 ވަނާގައި އޮތް މޮރޮކޯގެ އިތުރުން 20 ވަނާގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ސެނަގާލް މުބާރާތުން ކެޓީ ދެވަނަ ބުރުންނެވެ. މީގެ ތެރޭގައި މިސްރަކީ މުބާރަތުގެ އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން ވަނީ މި މުބާރާތްގެ ޗެންޕިއަންކަން 7 ފަހަރު ހޯދާފައެވެ.
އަނިޔާގެ ސަބަބުން ކެޕްޓަން މުހައްމަދު ސަލާހް އާއި ނުލައި ކުޅުނު މިސްރު ދެވަނަ ބުރުން ކެޓީ ކޮންގޯ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ޕެނަލްޓީގައި 2-1 ގެ ނަތީޖާއަކުންނެވެ. އަދިި އެންމެ ފަހުގެ ޗެމްޕިއަން ސެނަގާލް މުބާރާތުން ކެޓީ މުބާރާތް ބާއްވާ ގައުމު އައިވަރީ ކޯސްޓާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ޕެނަލްޓީގައި 2-1 ގެ ނަތީޖާއަކުންނެވެ. މީގެ އިތުރުން ދެވަނަ ބުރުގައި ސައުތު އެފްރިކާ އަތުން މޮރޮކޯ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.
1957 ވަނަ އަހަރު އެފްރިކަން ކަޕް އޮފް ނޭޝަންސް ބާއްވަން ފެށި ފަހުން މިއީ މިމުބާރާތް ބާއްވާ 36 ވަނަ ފަހަރެވެ. އަދި މިއަހަރުގެ މުބާރާތުގައި 24 ޓީމު ވާދަކުރިއިރު، މުބާރާތުގެ ކޮލިފައިން ގައި ޖުމްލަ 54 ގައުމެއް ވާދަކޮށްފައި ވެއެވެ.