
ރައީސް އަޒުލުކުރަން އިންޑިއާއިން ރޭވި ކަމުގެ ތުހުމަތަށް ނަޝީދުގެ ރައްދު: އިންޑިއާއިން އެފަދަ ކަމެއް ނުކުރާނެ!
# ރައީސް ނަޝީދު--
ރާއްޖޭގެ ގާނޫނީ ވެރިކަން ވައްޓާލަން އިންޑިއާގެ އިދާރާތަކަކުން މަސައްކަތްކުރި ކަމަށްބުނެ އެމެރިކާގެ ނޫހަކުން މިއަދު ގެނެސްދިން ރިޕޯޓުގައި އެގައުމަށް ކޮށްފައިވާ ތުހުމަތަކަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްދުދެއްވައިފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދިވެހި ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން އިންޑިއާގެ ރޯ އެޖެންޓުންގެ އެހީތެރިކަމާ އެކު ވައްޓާލަން ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ބޮޑު ރޭވުމެއް ރާވަމުންދިޔަ ކަމަށް ރިޕޯޓުކުރީ އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ ދަ ވޮޝިންގޓަން ޕޯސްޓުންނެވެ. ރައީސް މުއިއްޒު ވެރިކަމުން ދުރުކުރުމުގެ ވާހަކަތައް، އިންޑިއާގެ ޖާސޫސީ އިދާރާ، ރޯގެ ބައެއް އެޖެންޓުންނާއި ރާއްޖޭގެ އިދިކޮޅު ލީޑަރުންނާ އެކު ދެއްކެވެން ފެށީ، ދެ ގައުމުގެ ގުޅުން އެންމެ ގޯސްވި، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށާއި "ޑިމޮކްރެޓިކް ރިނިޔުވަލް އިނީޝިއަޓިވް" ނަމުގައި ރޭވި މި ރޭވުމުގައި އޮތީ، ޕީއެންސީ މެމްބަރުން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ 40 މެމްބަރަކަށް ރިޝްވަތު ދީގެން، ރައީސް މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރަން ކަމަށް ވޮޝިންގޓަން ޕޯސްޓުން ވަނީ ތުހުމަތުކޮށްފައެވެ. މީގެ އިތުރުން ސިފައިންނާއި ފުލުހުންގެ އިސް 10 އޮފިޝަރަކަށް ރިޝްވަތު ދިނުމާއި، ރާއްޖޭގެ ނަން މަޝްހޫރު ތިން ގޭންގަކަށް ރިޝްވަތު ދީގެން ކަންތައްތަކެއް ކުރަން އުޅުނު ކަމަށާއި މިކަމަށް ބޭނުންވާ ފަންޑު ހަމަޖައްސަނީ އިންޑިއާއިން ކަމަށްވެސް ވަނީ ބުނެފައި އެެވެ.
މިހުރިހާ ތަފްސީލެއް ހާމަވެފައިވަނީ އެނޫހަށް ލިބުނު "ޑިމޮކްރެޓިކް ރިނިޔުވަލް އިނީޝިއަޓިވް" ގެ ނަމުގައި އޮތް ކަރުދާހަކުން ކަމަށްވެސް ވަނީ ބުނެފައި އެވެ.
މިއާއި އެކު މިރޭ އެކްސްގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒާއި ދެކޮޅަށް މިފަދަ ރޭވުމެއް ރޭވިކަން ކުރިން އެނގިފައި ނުވާ ކަމަށާއި އިންޑިއާ އިން މިފަދަ ކަމަކަށް އެހީ ނުވާނެ ކަމަށެވެ. އެގޮތުން އިންޑިއާ އަކީ އަބަދުވެސް ރާއްޖޭގެ ޑިމޮކްރެސީ އަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި ވަކި ކަމެއް ވަކި ގޮތަކަށް ކުރަން އިންޑިއާ އިން ދުވަހަކު ވެސް ނާންގާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ވޮޝިންގޓަން ޕޯސްޓުން މިއަދު އާންމު ކުރި ލިޔުމުގައި ބުނެފައިވަނީ "ޑިމޮކްރެޓިކް ރިނިޔުވަލް އިނީޝިއަޓިވް" ޕްލޭނުގައި އިންޑިއާގެ ފަރާތުން އިސްކޮށް މަސައްކަތް ކުރީ، ޝިރީޝް ތޮރާތު ނަމަކަށް ކިޔާ ކުރީގެ ފުލުހަކާއި އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ކުރީގެ ތަރުޖަމާނެއް ކަމަށްވާ ސަވިއޯ ރޮޑްރީގްސް އެވެ. އަދި ތޮރާތަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެއްކަމަށްވެސް ވަނީ ބުނެފައި އެވެ.
މިކަމާއި ގުޅިގެން އަދި މިހާތަނަށް އިންޑިއާއިން ވަކި ބަހެއް ބުނެފައި ނުވެއެވެ.
ގުޅުންހުރި

ރައީސް އަޒުލުކުރަން އިންޑިއާއިން ރޭވި ކަމުގެ ތުހުމަތަށް ނަޝީދުގެ ރައްދު: އިންޑިއާއިން އެފަދަ ކަމެއް ނުކުރާނެ!

އަނަންތު އަމްބާނީގެ ކައިވެނީގެ ހަފަލާގައި ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި, ހުންނެވީ ވަރަށް ނަލަކޮށް!

ރައީސް ސޯލިހާއި ރައީސް ނަޝީދު އެއް ގަލަކަށް އަރަން އެއްބަސް!
