logoEN
cocacola
މުހިންމު ކުޅުންތެރިންތަކަކާއި ނުލައި ކުޅުނު އަލް ހިލާލްއަށް އިންޓަ މިއާމީ އަތުން އުނދަގޫ މޮޅެއް

މުހިންމު ކުޅުންތެރިންތަކަކާއި ނުލައި ކުޅުނު އަލް ހިލާލްއަށް އިންޓަ މިއާމީ އަތުން އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން

logo

1/29/2024, 10:34:07 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# އަލް ހިލާލް # އިންޓަ މިއާމީ

މެސީ އަލް ހިލާލް ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

ސައުދީ އަރަބިއާގައި މިހާރު ކުރިއަށްދާ ރިޔާދު ސީޒަން ކަޕްގެ ފުރަތަަމަ މެޗުގައި ހޯމަދުވަހުގެ ރޭ އަލް ހިލާލް އާއި އިންޓަ މިއާމީ ވާދަކުރި މެޗު 4-3 ގެ ނަތީޖާއަކުން އަލް ހިލާލުން ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތާއި އެފްރިކަން ކަޕް އޮފް ނޭޝަންސް ކަޕްގައި އަލް ހިލާލްގެ މުހިންމު ކުޅުންތެރިންތަކެއް ވާދަކުރަމުން ދާތީވެ، މިމެޗަށް އެޓީމުން ނުކުތީ ބަދަލުތަކަކާއި އެކުގައެވެ. ނަމަވެސް މިމެޗުގައި އިންޓަ މިއާމީ އިން ނެރެފައި ވަނީ އެޓީމުގެ އެންމެ ވަރުގަދަ އެގާރަ އެވެ. އޭގެ ތެރޭގައި ދާދި ފަހުން އެޓީމާއި ގުޅުނު އުރުގުއާއީގެ ތަޖުރިބާކާރު ފޯވާޑް ލުއިސް ސުއަރޭޒްގެ އިތުރުން ޖޯޑީ އަލްބާ، ސާޖިއޯ ބުސްކެޓްސް އަދި ލިއޮނަލް މެސީ ފާހަގަކޮށްލެވެއެވެ.

މިމެޗުގެ ފުރަތަމަ 13 މިނެޓުގެ ތެރޭގައި އަލް ހިލާލުން ދެ ލަނޑުގެ ލީޑެއް ނެގިއިރު، އެޓީމުގެ ފުރަތަަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި އެލެގްޒެންޑަރ މިޓްރޮވިޗް ކާމިޔާބުކުރިއިރު، އޭގެ ތިން މިނެޓު ފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ އަބްދުﷲ އަލް ހަމްދާން އެވެ.

އިންޓަ މިއާމީ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒް އެވެ. ނަމަވެސް ފުރަތަަމަ ހާފު ނިމުމުގެ ކުރިން އަލް ހިލާލުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް ދެލަނޑުގެ ލީޑެއް ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް މައިކަލް އެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އިންޓަ މިއާމީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ލިއޮނަލް މެސީ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދި ޖެހިގެން އައި މިނެޓުގައި މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޒުވާން ފޯވާޑް ޑޭވިޑް ރުއިޒް ވަނީ އިންޓަ މިއާމީއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

އަލް ހިލާލް މިމެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް މަލްކޮމް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-3 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.

މިމުބާރާތުގައި ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 23:00 ގައި އިންޓަ މިއާމީ އިން ނުކުންނާނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރާއި ދެކޮޅަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ