logoEN
cocacola
ޗެންޕިއަން ގަތަރު އަތުން ހަނިގޮތަކަށް ބަލިވެ ފަލަސްޠީނުން މުބާރާތާއި އަލްވަދާއު ކިޔައިފި

ޗެންޕިއަން ގަތަރު އަތުން ހަނިގޮތަކަށް ބަލިވެ ފަލަސްޠީނުން މުބާރާތާއި އަލްވަދާއު ކިޔައިފި

ހަސަން ޝަމްއޫން

logo

1/29/2024, 9:27:39 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# ގަތަރު# އޭޝިއަން ކަޕް 2024# ފަލަސްތީން

ފަލަސްޠީނާއި ގަތަރު ވާދަކުރި މެޗުގެ ތެރެއިިން

ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ހޯމަދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން ގަތަރާއި ފަލަސްޠީނު ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގަތަރުން މުބާރަތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ގޮސިޔާ

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ފަލަސްޠީނުން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް އޮޑޭ ޑަބްބާގް އެވެ. މިއީ ގަތަރުގެ ހާފު މެދެންހާ ހިސާބުން ލިބުނު ބޯޅައާއެކު ކުރިއަށް އަރައި ކައިރީގައި ތިބި ދެކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ގަތަރުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރު ހަސަން އަލް ހައިޑޯސް އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި އަކްރަމް އަފީފް ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު ގަތަރުން މިމެޗުގައި ފުރަތަަމަ ފަހަރަށް ލީޑު ހޯދީ ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމަށް ލިބުނު ކޯނަރެއްގައި އަކްރަމް އަފީފް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ މިމުބާރާތުގައި ކުޅުނު ހަތަރު މެޗުގައި އޭނާ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން ގަތަރު ކުރީގައި އޮވެގެންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި ގަތަރުން ކުޅެންޖެހޭނީ ދެވަނަ ބުރުގައި އުޒްބެކިސްތާނާއި ތައިލޭންޑް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ