logoEN
cocacola
އަމިއްލަ ދަނޑުގައި ނޯވިޗް އަތުން މޮޅުވެ ލިވަޕޫލް އެފްއޭކަޕްގެ ފަސްވަނަ ބުރަށް

އަމިއްލަ ދަނޑުގައި ނޯވިޗް އަތުން މޮޅުވެ ލިވަޕޫލް އެފްއޭކަޕްގެ ފަސްވަނަ ބުރަށް

ހަސަން ޝަމްއޫން

logo

1/29/2024, 6:05:58 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# އިގިރޭސި އެފްއޭ ކަޕް# ލިވަޕޫލް

ނޯވިޗް ކޮޅަށް ލަނޑުޖެހުމަށް ފަހު ލިވިޕޫލުގެ ކުޅުންތެރިން އުފާފާޅުކުރަނީ

އިގިރޭސި އެފްއޭކަޕްގެ ހަތަރުވަނަ ބުރުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 5-2 ގެ ނަތީޖާއަކުން ޕްރެމިއާޝިޕްގެ ނޯވިޗް އަތުން މޮޅުވެ ލިވަޕޫލް މުބާރާތުގެ ފަސްވަނަ ބުރުން ޖާގަ ހޯދައިފިއެވެ. އަދި މިއީ މިދެޓީމު އެންމެ ފަހުން ކުޅުނު 19 މެޗުގެ ތެރެއިިން ލިވަޕޫލް މޮޅުވި 17 ވަނަ މެޗެވެ. އަނެއް ދެމެޗު ނިމުނީ ދެޓީމް އެއްވަރުވެގެންނެވެ.

ގޮސިޔާ

މެޗުގެ 16 ވަނަ މިނެޓުގައި ލިވަޕޫލުން ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދިއިރު، މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ކިއުރިސް ޖޯން އެވެ. މިއީ އެޓީމުގެ ޒުވާން މިޑްފިލްޑަރު ޖޭމްސް މެކްކޮނެލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެސް އޭގެ ހަ މިނެޓް ފަހުން ނޯވިޗުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ބެންޖަމިން ގިބްސަން އެވެ.

ލިވަޕޫލުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އުރުގުއާއީގެ ފޯވާޑް ޑާވިން ނުނޭޒް އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ކޯނޯ ބްރެޑްލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ފެށިގެން 8 ވަނަ މިނެޓުގައި ލިވަޕޫލުގެ ޕޯޗުގަލް ފޯވާޑް ޑިއޭގޯ ޖޯޓާ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ 10 މިނެޓު ފަހުން އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް އެވެ. ނަމަވެސް އޭގެ ހަ މިނެޓް ފަހުން ނޯވިޗުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ބްރޯޖާ ސައިންޒް އެވެ

މިމެޗުގައި ލިވަޕޫލުން ކާމިޔާބުކުރިއިރު ފަސްވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލޭންޑްސް މިޑްފީލްޑަރު ރަޔާން ގްރެވެންބަރޗް އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-2 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މުބާރާތުގެ ފަސްވަނަ ބުރުގައި ލިވަޕޫލުން ވާދަކުރަންޖެހެނީ ސައުތްހެމްޓަން އާއި ވިޮޓްފޯޑް ވާދަކުރާ ރިީޕްލޭ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. މިދެޓީ ވޮޓްފޯޑްގެ ދަނޑުގައި ރޭ ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ