
ރުހުން ނުދިނަސް އަލުން އެ ވަޒީރުން އައްޔަން ކުރެވޭނެ - އަދުރޭ
# އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)# ރައްޔިތުންގެ މަޖިލިސް# ޕީޕީއެމް/ޕީއެންސީ# ވަޒީރުންނަށް ރުހުން ދިނުންރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ --
ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް މިއަދު ރުހުން ނުދިންނަމަވެސް, ހަމަ އެ ވަޒީރުން އެ މަގާމަށް އަލުން އައްޔަން ކުރުމުގެ ބާރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާ ރައީސް ގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ މަސައްކަތް މިއަދުގެ މަޖިލީހުގައި ފެށިފައިވާއިރު، ވަޒީރުންނަށް ރުހުން ދިނުމާއި ގުޅޭގޮތުން ނެގޭ ވޯޓު ނެގުން ތާވަލުކޮށްފައިވަނީ 1:30 އަށެވެ. ނަމަވެސް އެމްޑީޕީއާއި ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން މަޖިލިސް ބައެއް މެމްބަރުން ވަނީ މަޖިލިސް ޗެމްބަރުގައި ތަޅުއަޅުވާފައެވެ. އެއާއެކު ވޯތު ވަގުތު ޖެހުނު އިރުވެސް ޖަލްސާ ނުފެށި ގިނަ މެމްބަރުން ތިއްބެވީ ތަޅުމުން ބޭރުގައެވެ.
ބައެއް ވަޒީރުންނަށް ރުހުން ނުދޭނެކަމަށް އެމްޑީޕީއާއި ޑިމޮކްރެޓްސްއިން އިއުލާންކޮށްފައިވާއިރު، ސަރުކާރުގެ ބައެއް އޮފިޝަލުން އަންނަނީ މަޖިލިސް ސަރަހައްދުގައި އިހުތިޖާޖު ކުރަމުންނެވެ. އެސަރަހައްދުގައި ހުރެ މީޑިއާތަކަށް މައުލޫމާތުދެއްވަމުން ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުރަހީމް ވިދާޅުވީ، އިދިކޮޅުން ކުރަމުން އަންނަނީ ވަރަށް ތާކުން ތާކު ނުޖެހޭ މަސައްކަތެއް ކަމަށެވެ.
ވަޒީރުންނަށް މިއަދު ރުހުން ނުދިނަސް މިއަދު އެވަޒީރުން އަލުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫެއްރިއްޔާއަށް ލިބިގެންވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި ވަޒީރުންނަށް ރުހުން ނުދިންނަމަވެސް ދެމެހެެއްޓެނިވި ކަމަކަށް ނުވާނެ ކަމަށް ބާކީ މި ދައުރުގައި އޮތީ ތިން މަސް ދުވަސް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ބޮޑު މެޖޯރިޓީއެއް ހޯއްދަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ގުޅުންހުރި

ކުޑަކުދިންގެ ޙައްގުތަކަށް އަރައިގަންނަ ފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން ޖެހޭ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން މަޖިލީހުން ފާސްކޮށްފި

ޑަބްލިއުޑީސީތަކަށް ރަސްމީ މުސާރަ އާއި ރޯދަ އިނާޔަތް ދޭން ފާސްކޮށްފި
