
ހަސަން ލަތީފް --
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ޑިމޮކްރެޓްސް އިން ނިންމައިފި އެވެ.

ޑިމޮކްރެޓްސް އިން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ތްރީލައިން ވިޕެއްވެސް ނެރެފައެވެ.
ވަޒީރުންނަށް ރުހުން ދިނުން ވެސް ހިމެނޭ ގޮތަށް ދައުރުން ބޭރުން މިއަދު ބާއްވާ ފުރަތަމަ ޖަލްސާ ފެށުމުގެ ކުރިން ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ އަސާސްތަކަށް ބަލާއިރު އިންތިހާއަށް ކަންބޮޑުވާ ސިޔާސަތުތަކެއް މި ސަރުކާރުން ގެންގުޅުއްވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ސަރުކާރު އަމަލުކުރަމުންދާ ގޮތްތައް ގާތުން ބަލައި ސަރުކާރާއި ކެބިނެޓްގެ ވަޒީރުން ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އިދިކޮޅު ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން އަމަލު ކުރާނީ ފުރިހަމަ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކީގަ ކަމަށް އެބާނުގައި ބުނެފައި ވެއެވެ.
ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ތްރީލައިން ވިޕެއް ނެރެފައިވާއިރު، ބައެއް މެމްބަރުން ވަނީ ޑިމޮކްރެޓްސް ގެ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ގުޅުންހުރި

އަހަރީ ފީގެ ފައިސާ މާލެ ސިޓީ ކައުންސިލުގެ ބަޖެޓުން އުނިކުރަން ވަޒީރު އެދިވަޑައިގެންފި
.jpg&w=3840&q=75)
މުވައްޒަފުންނާ ގުޅޭ ކަންކަން ހައްލުކުރަން މަޖިލީހުން ފެނަކައަށް އަންގައިފި

ކުރު މުއްދަތެއްގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަނީ މި ދައުރުގައި- މިނިސްޓަރު




