logoEN
cocacola
ނަމީބިއާ  އަތުން މޮޅުވެ އެންގޯލާ ކުއާޓާ ފައިނަލަށް

ނަމީބިއާ އަތުން މޮޅުވެ އެންގޯލާ ކުއާޓާ ފައިނަލަށް

ހަސަން ޝަމްއޫން

logo

1/27/2024, 7:11:18 PM

# އެފްރިކަން ކަޕް އޮފް ނޭޝަންސް 2024

އެންގޯލާ ކުޅުންތެރިން ނަމީބިއާ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

އައިވަރީ ކޯސްޓުގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ހޮނިހިރު ދުވަހުގެ ރޭ ނަމީބިއާ 3-0 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން އެންގޯލާ ޖާގަ ހޯދައިފި އެވެ.

ގޮސިޔާ

އެންގޯލާ އިން މުބާރަތުގެ ދެވަނަ ބުރުން ޖާގަ ހޯދީ ގުރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ނަމީބިއާ އިން ދެވަނަ ބުރުގެ ޖާގައެއް ހޯދީ ގުރޫޕް އީގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. އެއީ މުބާރާތުގެ ހަ ގުރޫޕުން ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިިން އެންމެ ނަތީޖާ ރަގަޅު ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.

މެޗުގެ ފުރަތަަމަ ހާފުގެ ވަރަށް ކުރީކޮޅު އެންގޯލާގެ ގޯލު ކީޕަރު ނެބުލޫ އަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލަާފައިވާ އިރު، އެޓީމުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެލްސަން ޑަލާ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން ނެމީބިއާގެ ޑިފެންޑަރު ލުބެނީ ހައިކޮންގޯ ކުރި ކުށަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

މިއާއެކު މެޗުގެ ބާކީބައި ދެޓީމުން ވެސް ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއި އެކުގައެވެ. އަދި އޭގެ ދެ މިނެޓު ފަހުން އެންގޯލާގެ ލީޑު ފުޅާކޮށްދިނީ ވެސް ޖެލްސަން ޑަލާ އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އެންގޯލާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ނަމީބިއާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު، އެންގޯލާގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް މަބުލުލޫ އެވެ. މިއީ އެޓީމުގެ ޖެލްސަން ޑަލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އެންގޯލާ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އެންގޯލާ ޓީމުގެ ޖެލްސަން ޑަލާ އެވެ. އޭނާ ވަނީ މި މެޗުގައި ދެލަނޑު ކާމިޔާބު ކުރުމުގެ އިތުރުން އިތުރު ލަނޑެއް ޖެހުމަށް އެހީތެރިވެދީފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ