logoEN
cocacola
ޕެނަލްޓީގައި ނައިޖީރިއާ އަތުން ބަލިވެ، ދެކޮނު އެފްރިކާ މުބާރާތުން ކަޓައިފި

ޕެނަލްޓީގައި ނައިޖީރިއާ އަތުން ބަލިވެ، ދެކޮނު އެފްރިކާ މުބާރާތުން ކަޓައިފި

ހަސަން ޝަމްއޫން

logo

2/8/2024, 3:45:00 AM

# އެފްރިކަން ކަޕް އޮފް ނޭޝަންސް 2024# ބޭރު ދުނިޔޭގެ ކުޅިވަރު# ނައިޖީރިއާ

ސައުތު އެފްރިކާ ކުޅުންތެރިން ނައިޖީރިއާ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

އައިވަރީ ކޯސްޓުގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި ބުދަދުވަހުގެ ރޭ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ނައިޖީރިއާ އަތުން ބަލިވެ ސައުތު އެފްރިކާ މުބާރަތުން ކަޓައިފި އެވެ.

ގޮސިޔާ

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ނައިޖީރިއާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ވިލިއަމް އެވެ.

މީގެ އިތުރުން ދެވަނަ ހާފުގެ 85 ވަނަ މިނެޓުގައި ނައިޖީރިއާ އިން ވަނީ އިތުރު ލަނޑެއް ވެސް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ލަނޑުޖެހުމުގެ ކުރިން ނައިޖީރިއާގެ ކުޅުންތެރިއަކު ފައުލްކޮށްފައިވާތީ އެއީ ރަނގަޅު ލަނޑެއް ނޫންކަމަށެވެ.

ސައުތު އެފްރިކާ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 90 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ މިޑްފީލްޑަރު ޓެބޯހޯ މޮކޮއެނާ އެވެ. މިލަނޑާއެކު މެޗުގެ 90 މިނެޓްގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. އަދި މިއާއެކު މެޗުގެ ނަތީޖާ ނެރުމަށްޓަކައި ކުޅެވުނު އިތުރު ވަގުތުގެ 15 މިނެޓުގެ ދެހާފުގެ ތެރެއިން ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި ދެކޮނު އެފްރިކާގެ ޑިފެންޑަރު ގްރާންޓް ކެކަނާ ކުރި ކުށަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ. ނަމަވެސް މެޗުގެ 120 މިނެޓުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ސައުތު އެފްރިކާގެ 4 ޕެނަލްޓީގެ ތެރެއިިން އެޓީމަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީއެވެ. ނަމަވެސް ނައިޖީރިއާ އިން ވަނީ އެޓީމުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށް 2-1 ގެ ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ