
ކުރީގެ ބައެއް މަޖިލިސް މެމްބަރުން ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކޮށްފި
# ޕީޕީއެމް/ޕީއެންސީ# މަޖިލިސް 24# މަޖިލިސް ޕްރައިމަރީކޮންގްރެސް ކޯލިޝަނުގެ މަޖިލިސް ޕްރައިމަރީގެ ވޯޓުގުނުން ކުރިއަށް --- ފޮޓޯ| އަހުމަދު ޝުރާއު
ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވޭ ޕްރައިމަރީ، ކުރީގެ ބައެއް މަޖިލިސް މެމްބަރުން ކާމިޔާބުކުރައްވައިފި އެވެ.

ކޮންގްރެސް ކޯލިޝަނުގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 10:00 އިންހަވީރު 17:00 އާ ހަމައަށެވެ. ނަމަވެސް ބައެއް ފޮށިތަކުގައި ދިމާވި މައްސަލަތައް ހައްލުކުރުމަށްފަހު ލަހުން ވޯޓުލުން ފެށުނު ބައެއް ވޯޓު ފޮށިތަކުގެ ވޯޓުލުން އަދި ނިމިފައެއް ނުވެއެވެ. އެގޮތުން މިހާތަނަށް ނުނިމި ވަނީ ހުޅުމާލެ ދާއިރާއެއް ފޮއްޓަކާއި، މާލޭގައި ބެހެއްޓުނު ގެމަނަފުށި ދާއިރާގެ ފޮށީގައެވެ.
މި ޕްރައިމަރީގެ ބައެއް ދާއިރާތަކުގެ ވަގުތީ ނަތީޖާތައް އިއުލާންކުރަމުން އަންނައިރު، ކުރީގެ ބައެއް މެމްބަރުންނާއި، މިހާރުވެސް މަޖިލީހުގައި ދާއިރާތައް ތަމްސީލް ކުރައްވާ ބައެއް މެމްބަރުން ވަނީ އިންތިހާބު ކާމިޔާބުކުރައްވާފައެވެ.
އޭގެ ތެރެއިން ޓިކެޓު ކަށަވަރުކުރައްވާފައިވާ ކުރީގެ ބައެއް މަޖިލިސް މެމްބަރުންގެ ތެރޭގައި ހިމެނެނީ:
- ފޭދޫ ދެކުނު ދާއިރާ - އިބްރާހިމް ދީދީ
- ދިއްގަރު ދާއިރާ - އަހްމަދު ނާޒިމް
- ވިލިމާލެ - މުހައްމަދު އިސްމާއިލް
- މާފަންނު މެދު - އަސްމާ ރަޝީދު
- ތިނަދޫ އުތުރު - ސައުދުﷲ ހިލްމީ
- ދިއްދޫ ދާއިރާ - އަބްދުއްލަތީފް މުހައްމަދު
- އިނގުރައިދޫ ދާއިރާ - މުހައްމަދު ފަލާހު
- މާފަންނު ދެކުނު - އަބްދުﷲ ރިފާއު (ބޮޗޭ)
- ތުލުސްދޫ ދާއިރާ - އަހްމަދު ނަސީމް
ޕީޕީއެމް ޕީއެންސީން ބުނެފައިވަނީ މި އިންތިހާބުގައި 73 ދާއިރާއަކަށް 283 ކެންޑިޑޭޓުން ވާދަކޮށްފައިވާ ކަމަށާއި، މި އިންތިހާބުގައި 71،597 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ.
ގުޅުންހުރި
.webp&w=3840&q=75)
މިރޭ ބާއްވަން ތާވަލުކުރި ޕީއެންސީގެ ޖަލްސާ ފަސްކޮށްފި

ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ދައުވަތަކަށް ޕީއެންސީގެ ވަފުދެއް ޗައިނާއަށް!

ލަފަޔަށް އެދުނު ކަންކަމުގައި ރައީސަށް ލަފާއަރުވައިފިން, ނަތީޖާ ވަރަށް އަވަހަށް ފެންނާނެ - އަބްދުއްރަހީމް
