ޕްރައިމަރީގެ ކަންތައްތައް ދިޔައީ ވަރަށް ރަނގަޅަށް - ޕީޕީއެމް/ޕީއެންސީ
މުޙައްމަދު މުއައްވަޒު
1/27/2024, 3:50:39 PM
ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު ---ފޮޓޯ| އަހުމަދު ޝުރާއު
މިއަދު ބޭއްވުނު ޕީޕީއެމް/ ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށް އެޕާޓީން ބުނެފި އެވެ.
ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، މިއަދު ބޭއްވުނު އެޕާޓީގެ މަޖިލިސް ޕްރައިމަރީ ޖުމްލަ ގޮތެއްގައި ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ.
ހީނާ ވިދާޅުވީ، މިއީ ޕީޕީއެމް/ޕީއެންސީ އިން މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އިންތިހާބު ކަމަށެވެ. އެގޮތުން މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ބެހެއްޓިފައިވާ ވޯޓުފޮށި ތަކަށް ބަލާއިރު، ވަރަށް ބޮޑު ތަރުހީބެއް މި އިންތިހާބަށް ލިބިގެން ގޮސްފައިވާ ކަމަށް ހީނާ ފާހަގަކުރެއްވި އެވެ.
ޖުމްލަ ގޮތެއްގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް. އަޅުގަނޑުމެން ވޯޓުލުމުގެ ވަގުތު ކަނޑައަޅާފައިވަނީ، ހެނދުނު 10:00 އިން ހަވީރު 17:00 އަށް ނަމަވެސް ބައެއް ފޮށިތަކުގައި ދިމާވި ކުދިކުދި މައްސަލަތަކަށް އެޓެންޑުކުރުމަށްފަހު ލަހުން ފެށުނު ފޮށިތަކަށް ވަނީ އިތުރު ވަގުތުދީފައި - ހީނާ ވިދާޅުވި އެވެ.
މިވަގުތު ވޯޓުލުނު ނިމިފައިނުވަނީ މާލޭގައި ބެހެއްޓިފައިވާ ގެމަނަފުށި ދާއިރާގެ ފޮއްޓާއި ހުޅުމާލެ ދާއިރާއެއްގެ ވޯޓު ފޮއްޓެއްގައި ކަމަށް ހީނާ މައުލޫމާތުދެއްވި އެވެ.
އަދި މިހާރުވެސް ކުރިން ރައްޔިތުންގެ މަޖިލީހުގައި މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުންނާއި، މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވަމުން އަންނަ ފަރާތްތަކަށް އިންތިހާބު ކާމިޔާބުކުރެވިފައިވާ ކަމަށް ނަތީޖާތަކުން ދައްކާ ކަމަށްވެސް ހީނާ ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީން މިއަދު ބާއްވާފައިވަނީ 75 ދާއިރާއެއްގެ ޕްރައިމަރީ އެވެ. މިދާއިރާތަކަށް ޖުމްލަ 283 ކެންޑިޑޭޓުން ވަނީ ވާދަކުރައްވާފައެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 71000އަށް ވުރެ ގިނަ މީހުންނަށް ވަނީ ލިބިފައެވެ.
ކުރުސީ
އަސްލު ރަނގަޅެއް ނޫން!
ހެހެހެ ހަހަހަ
ހެހެހެހެ ކިހާރަނގަޅައް މިފެށޭ ފެބުރުއަރީ3ވަނަދުވަހު އެމްޑީޕީ ޕޮރައިމަރީގަ ވޯޓުލާ އެމްޑީޕީ ވޯޓާސްލިސްޓުގަތިބި އެމްޑީޕީ މެމްބަރުން ޕީޕީއެމް ޕީއެސީ ޕްރައިމަރީގަ ވޯޓުލީމަތޯ ރަންގަޅައްދިއައޭ ތިއަބުނަނީ ދިވެހިން ވަގުވެގެންގޮސް އެމްމެފަހުން އަމިއްލަ ޖީބުގަ އޮންނަ ވޮލެޓުން އަމިއްލަޔައް ވައްކަން ކުރަނީ