
މޫސުން ގޯސްވުމާއިއެކު މުލަ ރޯދަ ދުވަހަށް ތައްޔާރުވުމުގައި ފަސޭހަގޮތަކަށް ރައްޔިތުންނަށް ކަންކަން އިންތިޒާމުކޮށްދޭން ސަރުކާރުން މަސައްކަތް ފަށައިފި
# ހީނާ ވަލީދު# ރައީސް މުއިއްޒު--
މޫސުން ގޯސްވުމާއިއެކު މުލަ ރޯދަ ދުވަހަށް ތައްޔާރުވުމުގައި ފަސޭހަގޮތަކަށް ރައްޔިތުންނަށް ކަންކަން އިންތިޒާމުކޮށްދޭން ސަރުކާރުން މަސައްކަތް ފަށައިފި އެވެ.

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވުމާކު، ރައްޔިތުންނަށް ދިމާވެދާނެ ތަކްލީފުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މިހާރުވެސްވަނީ މަސައްކަތް ފަށާފައި ކަމަށެވެ.
އަދި މޫސުން ގޯސްވުމުގެ ސަބަބުން މުލަ ރޯދަ ދުވަހަށް ތައްޔާރު ވުމުގައި ވީހާވެސް ފަސޭހަގޮތަކަށް ރައްޔިތުންނަށް ކަންކަން އިންތިޒާމް ކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަންވެސް ހީނާ ވިދާޅުވިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނި ގޮތުގައި ރޯދަމަސް ފެށެން ގާތްވެފައިވާއިރު ކުރިއަށް އޮތް ދެ ދުވަހު ވެސް ފުދޭވަރަކަށް މޫސުން ގޯސްވާނެއެވެ. ކަލަންޑަރުގައި ވާގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަށްވާނީ ހޮނިހިރު ދުވަހެވެ. އެއީ، މާޗު އެއްވަނަ ދުވަހެވެ. މޫސުން އަލިވާނެ ކަމަށް މެޓުން ލަފާކުރަނީ ހޯމަ ދުވަހަށެވެ. އެއީ، ކަލަންޑަރުގައި ވާގޮތުން ނަމަ ރޯދަ މަހުގެ ތިންވަނަ ދުވަހެވެ.
ގުޅުންހުރި

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރަނީ

"ވާނުވާ ބަންދު" ގެ މައްސަލަ ހައްލުކުރުމުގެ މަޝްވަރާއަށް ކަމާބެހޭ ފަރާތްތަކާއިއެކު ރައީސް އެއް މޭޒަކަށް!

ރާއްޖެ 2.0 ގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ކޮރަޕްޝަން ނައްތާލުން - ރައީސް
