
ހަރަދުކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން 248 ސިޔާސީ މުވައްޒަފަކު ވަކިކޮށްފި
# ހީނާ ވަލީދު# ރައީސް އޮފީސް-
ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން މިހާތަނަށް 248 ސިޔާސީ މުވައްޒަފަކު ވަަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ހީނާ މިއަދު ވިދާޅުވީ, ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން، މިހާތަނަށް 31 އޮކްޓޯބަރު 2024 ގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކޮށްފައިވާ ކަމަށެވެ.
ހިނާ ވިދާޅުވީ, ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ، ކުރުންތެރިކަން އިތުރު ކުރުމަށް ސިޔާސީ މުވައްޒަފުންގެ ޕަރފޯމަންސް ބަލާނެ ނިޒާމެއް ޤާއިމް ކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. އަދި މާ ލަސްތަކެއް ނުވެ މި ނިޒާމަށް އަމަލު ކުރަން ފަށާނެ ކަމަށް ހީނާ ވިދާޅުވި އެވެ.
ޚަރަޑު ކުޑަކުރުމުގެ ގޮތުން 228 ސިޔާސީ މުވައްޒަފުން ވަކިކުރާނެކަން ރައީސް އިއުލާނުކުރެއްވީ މިދިޔަ މަހުގެ 15 ގަ އެވެ. އޭގެ ތެރޭގައި ހަތް ސްޓޭޓް މިނިސްޓަރުން, 43 ޑެޕިއުޓީ މިނިސްޓަރުން, 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން, އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭކަމަށް އޭރު ބުނެފައިވެއެވެ. ނަމަވެސް ވަކިކުރި މުވައްޒަފުންގެ ތަފުސީލުތައް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ގުޅުންހުރި

ޖުލައި 28 އަކީ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި
.jpg&w=3840&q=75)
ފައްޔާޒުއަށް ސަރުކާރުގެ ރައްދު: ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށްގެންދަވާ!

ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުން ދާއޫދު ވަކިކޮށްފި
