
--
ސޯޝަލް މީޑިޔާގެ ބައެއް ޕްލެޓުފޯމުތައް ބްލޮކުކުރުމަށް ވިސްނަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފި އެވެ.

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސޯޝަލް މީޑިޔާގެ ބައެއް ޕްލެޓުފޯމުތައް ބްލޮކުކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި ސޯޝަލް މީޑިޔާގެ އެއްވެސް ޕްލެޓުފޯމެއް ބްލޮކުކުރުމަށް ސަރުކާރުން ނިންމާފައިނުވާ ކަމަށެވެ.
އަދި އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކޮށްފައިވެސް ނުވާކަން ހީނާ ފާހަގަކުރެއްވި އެވެ.
ހީނާ އިތުރުަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން، ޤާނޫނުއަސާސީގެ އިންތަކާއި ޙުދޫދުގެ ތެރޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރުވައި ފޯރުކޮށްދިނުން ކަމަށެވެ.
ސޯޝަލް މީޑިއާގެ ފްލެޓުފޯމެެއް ކަމަށްވާ އެކްސް ހިމެނޭހެން ބައެއް ޕްލެޓްފޯމުތައް ސަރުކާރުން ބްލޮކް ކުރަން އުޅޭ ކަމަށްބުނެ އަޑު ފެތުރެމުންދާތާ ދުވަސްކޮޅެއް ވަނީ ވެފައި އެވެ.
ގުޅުންހުރި

ދާއިރާ ކުރިއަރުވާނީ އަމިއްލަ ޖަމްޢިއްޔާތަކުގެ ބައިވެރިވުމާއެކު - ހީނާ

ދަރިންނަށް ދިވެހިބަހުން ވާހަކަދައްކަން ނޭނގުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް - ހީނާ




