
ރައީސް ނަޝީދު އާއި އަނބިކަނބަލުން ޔުމްނާ
ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކައިވެނި ބައްލަވައިގެންފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ކައިވެނި ބައްލަވައިގެންފައިވަނީ ޔުމްނާ ރުޝުދީ ނަމަކަށް ކިޔާ ބޭކަނބަލަކާއި އެވެ. އެގޮތުން މި ކައިވެނި ކުރައްވާފައިވަނީ އަވަށްޓެރި ސްރީލަންކާގައި އެވެ
ނަޝީދު ކައިވެނި ބައްލަވައިގެންނެވި ޔުމްނާ ރުޝްދީއަކީ ދީނީ އިލްމުވެރިއެެއް ކަމަށްވާ ޝެއިހް ރުޝްދީގެ ކާދަ ދަރިކަނނބަލެކެވެ.
އުމުރުން 56 އަހަރުގެ ނަޝީދު ކައިވެންންޏެއް ބައްލަވައިގެންފައިމިވަނީ ކުރީގެ އަނބިކަނބަލުން ލައިލާ އަލީ އާއި ވަރިވެވަޑައިގެންނެވިތާ ތިން ވަރަކަށް އަހަރު ފަހުން ކަމަށް މައުލޫމާތު ލިބެއެވެ. އެކައިވެންޏަށް ނަޝީދު އަށް ދެކުދިން ލިބިފައި ވެއެވެ.
ރައީސް ނަޝީދު ވަނީ މިދިޔަ މަހުގެ ތެރޭގައި ސިޔާސީ މަސައްކަތްތަކާއި ދުރަށްވައިގެންނެވުމަށް ފަހުގައި އެވެ.
ގުޅުންހުރި

އުއްތަމަ ފަނޑިޔާރު، ނަޝީދުއަށް ގުޅުއްވި ކަމަށްބުނެ ފަތުރަމުންދާ ހަބަރަށް ނަޝީދުގެ ރައްދު: "އަލިފުން ޔާއަށް އޭގައި ހުރީ ދޮގު"

ރާއްޖެއަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުން - ނަޝީދު

ރައީސް އަޒުލުކުރަން އިންޑިއާއިން ރޭވި ކަމުގެ ތުހުމަތަށް ނަޝީދުގެ ރައްދު: އިންޑިއާއިން އެފަދަ ކަމެއް ނުކުރާނެ!
