
ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށައިފި
# ޕީޕީއެމް/ޕީއެންސީ# މަޖިލިސް ޕްރައިމަރީ# މަޖިލިސް 24ޕީޕީއެމް/ ޕީއެންސީގެ ވޯޓުލުން ފެށިގެން ކުރިއަށް ---ފޮޓޯ| ދިޔަރެސް
ޕީޕީއެމް/ ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށައިފި އެވެ.

މި އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނުނ 10:00 ގައެވެ. އަދި މިއަދު ހަވީރު 17:00 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިޔުމަށް އެޕާޓީން ވަނީ ނިންމާފައެވެ.
ކޮންގްރެސް ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް އެކި ދާއިރާތަކަށް ޖުމްލަ 296 މީހަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. މީގެ ތެރެއިން އެންމެ ބޭފުޅަކު ކުރިމަތިލާފައިވާ 13 ދާއިރާއެއްގައި ޓިކެޓް ވަނީ އެ ބޭފުޅުންނަށް އިންތިހާބަކާ ނުލައި ކަށަވަރުވެފައެވެ. އެއާއެކު މި އިންތިހާބުގައި ވާދަކުރައްވަނީ 283 ކެންޑިޑޭޓުންނެވެ.
މިއަދު މި ބޭއްވޭ ޕްރައިމަރީގައި 73 ދާއިރާއަކަށް މީހުން އިންތިހާބުކުރުމަށް އެކި ސަރަހައްދުތަކުގައި ޖުމްލަ 227 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.
މާލެ ސަރަހައްދުގައި ވޯޓު ފޮށި ބަހައްޓާފައިވާ ތަންތަނަކީ ކަލާފާނު ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލާއި ވިލިމާލެ ޔޫތު ސެންޓަރާއި ހުޅުމާލޭގައި ހުންނަ ކާމިލްދީދީ ސްކޫލާއި ރެހެންދި ސްކޫލުގައެވެ. އަދި އަތޮޅުތަކަށް ޚާއްސަ ފޮށިތައް ބަހައްޓާފައިވަނީ ހެންވޭރު ދަނޑުގައެވެ.
މި ޕްރައިމަރީގައި ޕީޕީއެމް/ޕީއެންސީގެ 71،597 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންދާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ގުޅުންހުރި
.webp&w=3840&q=75)
މިރޭ ބާއްވަން ތާވަލުކުރި ޕީއެންސީގެ ޖަލްސާ ފަސްކޮށްފި

ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ދައުވަތަކަށް ޕީއެންސީގެ ވަފުދެއް ޗައިނާއަށް!

ލަފަޔަށް އެދުނު ކަންކަމުގައި ރައީސަށް ލަފާއަރުވައިފިން, ނަތީޖާ ވަރަށް އަވަހަށް ފެންނާނެ - އަބްދުއްރަހީމް
