logoEN
Sto top
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވި އިރު އިސްލާމިކް މިނިސްޓްރީގައި އެކަނި 27 މިލިއަން ރުފިޔާގެ ދަރަނި އޮތް - ޑރ ޝަހީމް

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވި އިރު އިސްލާމިކް މިނިސްޓްރީގައި އެކަނި 27 މިލިއަން ރުފިޔާގެ ދަރަނި އޮތް - ޑރ ޝަހީމް

# އިސްލާމިކް މިނިސްޓްރީ# އަހާ ފޯރަމް

އަހާ ފޯރަމްގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު ވާހަކަފުޅުދައްކަވަނީ ----

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި އެކަނިވެސް 27 މިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށް އެ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

Wamco

ޑރ. ޝަހީމް މިހެން ވިދާޅުވީ، މިރޭ ވަޒީރުންނާ ސުވާލުކުރުމަށް ބޭއްވި ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ޝަހީމް ވިދާޅުވީ، ރައީސް މުއިއްޒު ހުވާކުރެއްވި އިރު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި އެކަނިވެސް 27 މިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށެވެ.

ރައީސްގެ ފުރަތަމަ 2 ހަފްތާތެރޭގައި މި ދަރަނިތައް ފިލުވުމަށް ފައިސާ ހަމަޖައްސަވާފައިވާ ކަމަށާއި، މިހާރު އެދަރަނިތައް އެއްކޮށް ފިލުވާލެވިފައިވާ ކަމަށް ވަޒީރު ޝަހީމް ވިދާޅުވި އެވެ.

"ރައީސްގެ ފުރަތަމަ ދެހަފްތާތެރޭގައި ވަނީ މި ދަރަނިތައް ފިލުވާލުމަށްޓަކައި ފައިސާ ހަމަޖައްސަވާފަ. މިހާރު މިވަނީ މި 27 މިލިއަން ރުފިޔާގެ ދަރަނި ފިލުވާލާފަ" - ޝަހީމް ވިދާޅުވި އެވެ.

ޝަހީމް އިތުރަށް ވިދާޅުވީ، ރަށްރަށުގެ ހުރި މިސްކިތްތަކާ އެހެނިހެން މަސައްކަތްތައް ހުއްޓިފައިވަނީ ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ނުދެވިހުރުމުގެ ސަބަބުން ކަމަށެވެ. މިހާރު އެ ދަރަނިތައް ދައްކާފައިވާ ކަމަށާއި، އެތަންތަނުގެ މަސައްކަތް ލަސްތަކެއް ނުވެ ނިންމައި ހިދުމަތް ދެވޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC