logoEN
Sto top
ކުޅިވަރާބެހޭ ވުޒާރާގެ ދަރަނި 160 މިލިއަނުން 35 މިލިއަނަށް ކުޑަކޮށްފި

ކުޅިވަރާބެހޭ ވުޒާރާގެ ދަރަނި 160 މިލިއަނުން 35 މިލިއަނަށް ކުޑަކޮށްފި

އައިޝަތު އިފާޝާ

logo

1/25/2024, 4:16:28 PM

# އަބްދުالله ރާފިއު# ކުޅިވަރާއި ހަށިހެޔޮ ކަމާބެހޭ ވުޒާރާ# އަހާ ފޯރަމް

އަހާ ފޯރަމްގެ ތެރެއިން

މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ދަރަނި 160 މިލިއަން ރުފިޔާއަށް އަރާފައިވާކަމަށާއި، ނަމަވެސް އޭގެތެރެއިން ބޮޑު ބައެއް މި ސަރުކާރުން ދައްކާ ހަލާސްކޮށްފައިވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

Wamco

ވަޒީރު މިހެން ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މައުލޫމާތު ހިއްސާކޮށް، ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްގެންދާ ވަޒީރުންގެ ޕަބްލިކް ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.

"އަހާ" ނަމުގައި ކުރިއަށްގެންދާ ވަޒީރުންގެ ޕަބްލިކް ފޯރަމްގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު އެ ވުޒާރާއާ 232 މަޝްރޫއެއް ހަވާލުކޮށްފައި އޮތްކަމަށެވެ. އަދި އެ މަޝްރޫޢުތަކުގެ އަގު 600 މިލިއަން ރުފިޔާއަށް އަރާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއީ މިނިސްޓްރީގެ 2 އަހަރެއްހާ ދުވަހުގެ ބަޖެޓްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ގިނަ މަޝްރޫޢުތަކެއް އެ ވުޒާރާއާ ހަވާލުކޮށްފައި އޮތްއިރު، ވުޒާރާގެ ދަރަނި 160 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން މިވީ 2 މަސްދުވަހުގެ ތެރޭގައި އޭގެ ތެރެއިން 125 މިލިއަން ރުފިޔާ ދައްކާ ހަލާސްކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުޅިވަރާބެހޭ ވަޒީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު 131 މަޝްރޫޢެއް ފައްޓަވާފައިވާކަމަށެވެ. އަދި ހަފްތާ 14ގައި ހިމެނޭ މުހިއްމު ދެ ވައުދެއް އެއްކޮށް ފުރިހަމަކޮށް، އޭގެ ފަސޭހަ މިހާރު ކުޅިވަރު ކުޅުންތެރިންނަށް ލިބެމުންދާކަމަށެވެ.

މީގެއިތުރުން އެ ވުޒާރާއިން ބޮޑު 4 ޕްރޮޖެކްޓެއް ފަށާފައިވާއިރު، ކުޅިވަރުތައް ކުރިއެރުވުމަށް ދިގު ރާސްތާގެ ޕްލޭނެއް ހަދަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside