logoEN
cocacola
ބީޖީ އަތުން މޮޅުވެ، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ކުއާޓާ ފައިނަލަށް

ބީޖީ އަތުން މޮޅުވެ، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ކުއާޓާ ފައިނަލަށް

ހަސަން ޝަމްއޫން

logo

1/25/2024, 2:24:43 PM

# ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް

އެމްޕީއެލް ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގައި މިއަދު ހަވީރު 4-0 ގެ ނަތީޖާއަކުން ބީޖީ ސްޕޯޓްސް ކްލަބް ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަަމަ ހާފުގައި ނިއު ރޭޑިއަންޓުން ތިން ލަނޑުގެ ލީޑެއް ނެގިއިރު، އެޓީމުގެ ފުރަތަމަ ލަނޑު 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގާނާގެ ފޯވާޑް ކޯފީ އޮވޫސޫ އެވެ. މިއީ ބީޖީގެ ޕެނަލްޓީ އޭރިއާ ތެރެއިން މުޅިން ހުސްކޮށްލާފައި އިސްމާއިލް ވިފާގު ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނިއުގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ގާނާ މިޑްފީލްޑަރު އަބޫ ސަނޫނޫ އެވެ. މިއީ ބީޖީގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި ތިރިތިރިން ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިމެޗުގައި ނިއު އިން ކާމިޔާބުކުރި ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އުޒްބެކިސްތާންގެ ޑިފެންޑަރު، އަޒަމޯވް ޖޮވޯހިރް އެވެ. މިއީ ބީޖީގެ ހާފުގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުމެއްގައި ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓުކުރީ ނިއުރޭޑިއަންޓުން ނެވެ. އެގޮތުން މިހާފުގައި ވެސް އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މިމެޗުގައި އެޓީމުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ފަހުހާފުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ޒުވާން އަޔާޒު އަހުމަދު އެވެ. މިއީ މި މުބާރާތުގައި ކުޅުނު ދެ މެޗުގައި އަޔާ ކާމިޔާބުރި ދެވަނަ ލަނޑެވެ. އަދި މި ދެލަނޑު ވެސް އޭނާ ކާމިޔާބުކޮށްދީފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުމެއެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ތިން މެޗުން އެޓީމަށް 9 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގްރޫޕް ބީގެ ދެވަނައިގައެވެ.

ޓެންޓް އާއި ނިއުގެ އިތުރުން ކުއާޓާ ފައިނަލުން ޖާގަ ޔަގީންކޮށްފައި ވަނީ، ވިކްޓަރީ ސްޕޯޓްސް ކްލަބާއި މަސް އޮޑި ސްޕޯޓްސް ކްލަބް އެވެ. ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިއަހަރު 15 ޓީމު ބައިވެރިވެފައި ވާއިރު މުބާރާތް ކުރިއަށް ދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ . ކޮންމެ ގުރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބޭއިރު، ކުއާޓާ ފައިނަލުގެ ފަހު ދެޖާގަ ލިބިގެންދާނީ ތިން ގުރޫޕުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިިން އެންމެ ނަތީޖާ ރަގަޅު ދެޓީމަކަށެވެ.

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ޕީކޭ އާއި ބިސް ބުރު ސްޕޯޓްސް ކްލަބް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ