logoEN
cocacola
ފަސޭހަކަމާއި އެކު ޕީކޭ ބަލިކޮށް ނިއު އިން ފުރަތަަމަ ޑިވިޝަނުގެ އުންމީދު ދަމަހައްޓައިފި

ފަސޭހަކަމާއި އެކު ޕީކޭ ބަލިކޮށް ނިއު އިން ފުރަތަަމަ ޑިވިޝަނުގެ އުންމީދު ދަމަހައްޓައިފި

ހަސަން ޝަމްއޫން

logo

2/6/2024, 2:58:35 PM

# ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް# ކުލަބް ޕީކޭ # ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު # ދިވެހި ކުޅިވަރު

މިއަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރަމުން އަންނަ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ސްކޮޑުގައި ހިމެނޭ ކުޅުންތެރިން

އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި މިއަދު ހަވީރު ފަސޭހަކަމާއި އެކު 8-0 ގެ ނަތީޖާއަކުން ކުލަބު ޕީކޭ އަތުން މޮޅުވެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ގޮސިޔާ

މެޗުގެ ފުރަތަަމަ ހާފުގައި ނިއު ރޭޑިއަންޓްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު މިހާފުގައި ދެޓީމުން ވަނީ 6 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ ދެވަަނަ ހާފުގައި އެޓީމުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 8-0 ގެ ނަތީޖާއަކުން ނިއު ކުރީގައި އޮވެގެންނެވެ. އަދި މިއީ މިއަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ނިއު ކުޅުނު މެޗުތަކުގެ ތެރެއިިން އެޓީމު މޮޅުވި އެންމެ ތަފާތުބޮޑު ނަތީޖާއެވެ.

މިމެޗުގައި ނިއުގެ ބިދޭސީ ތިން ކުޅުންތެރިން ކަމަށްވާ ކޯފީ, އުމަރުޔޯނޯފް އަހްރޯރުގެ އިތުރުން އަބޫ ސަނޫން މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އިސްމާއީލް ވިފާގް އަދި އާދަމް ޝިޔާން މުހައްމަދު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ސެމީފައިނަލްގައި ނިއުރޭޑިއަންޓުން ވާދަކުރަންޖެހެނީ މާދަމާ ހަވީރު ކުޅެވޭ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކުލަބާއި ކުޑަހެންވޭރު އެސްސީ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

މިއަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ޖުމުލަ 15 ޓީމަކުން ވާދަކުރި އިރު، މުބާރަތުގެ މެޗްތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 15 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން އެންމެ ރަގަޅު ނަތީޖާއެއް ހޯދި ދެޓީމު ކުއާޓާ ފައިނަލަށް ހޮވުނުއިރު، ތިން ގުރޫޕުން ވެސް ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް ވެސް ވަނީ ކުއާޓާ ފައިނަލުން ޖާގަ ލިބިފައެވެ.

މީގެ އިތުރުން މިއަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާ ދެޓީމަށް ފުރަތަަމަ ޑިވިޝަނުން ޖާގަ ލިބިގެންދާނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ