logoEN
cocacola
ނައީމާ މަރާލި މައްސަލައިގެ ޝަރީއަތް މިއަދު ކެންސަލް

ނައީމާ މަރާލި މައްސަލައިގެ ޝަރީއަތް މިއަދު ކެންސަލް

އައިޝަތު އިފާޝާ

logo

1/25/2024, 9:30:00 AM

# ކްރިމިނަލް ކޯޓު

ނައީމާ މޫސާ މަރާލާފައި އޮއްވާ ފެނުނު ގެ ހުންނަ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

ނ. މަނަދޫ ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގެ ޝަރީއަތް މިއަދު ފަށަން ހަމަޖެއްސުމަށް ފަހު ކެންސަލްކޮށްފި އެވެ.

ގޮސިޔާ

7 އޭޕްރިލް 2023 ދުވަހު، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، ނައީމާ މޫސާގެ މަރުގެ މައްސަލައި ދައުވާ ކޮށްފައިވަނީ ފެހިވިލާގެ، ނ. މަނަދޫ، އަހުޒަމް އަބްދުލްޝަކޫރު، ވިނަރެސް، ނ. މަނަދޫ، ހުސައިން ފަވާޒު، އަދި ފިނިފެންމާގެ، ނ. މަނަދޫ، އަބްދުލްވާހިދު ރިފާސްއަށެވެ.

އެ މީހުންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ ކުރެ އެވެ.

އޭގެ ތެރެއިން ރިފާސް އާއި ފަވާޒްގެ ޝަރީއަތް މިއަދު ފަށަން ހަމަޖެއްސުމަށްފަހު ތާވަލްކުރީ ކަރެކްޝަންސްއިން މީހުން އުފުލުމަށް ބޭނުންކުރާ ލޯންޗް ހަލާކުވެ، އެ މީހުން މާލެ ނުގެނެވޭތީ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

ނައީމާގެ ކަރަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަސްވުމުން އޭނާގެ ގެއަށް ވަދެ ބެލިއިރު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ