logoEN
cocacola
ހަތަރު ރެޑްބުލް ދަޅު ވަގަށް ނެގުމުން 2 މަސްދުވަހަށް ޖަލަށް!

ހަތަރު ރެޑްބުލް ދަޅު ވަގަށް ނެގުމުން 2 މަސްދުވަހަށް ޖަލަށް!

އަލްފާ އަލީ

logo

10/17/2024, 7:02:11 AM

# ކްރިމިނަލް ކޯޓު

-

ހަތަރު ރެޑްބުލް ދަޅު ވަގަށް ނެގި ކަމުގެ ކުށް ސާބިތުވި މީހަކު 2 މަސްދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ގޮސިޔާ

ރެޑްބުލް ވަގަށް ނެގި މައްސަލައިގައި މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ޏ. ފުވައްމުލަކު - ހޯދަޑު/ ދުންނިކަގެ, މުހައްމަދު ހަނީޝް ހަފީޒުގެ މައްޗަށެވެ.

އޭނާގެ މައްޗަށް ވައްކަން ކުރުމުގެ ދައުވާ އުފުލާފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު 27 ވަނަ ދުވަހުގެ ހެނދުނު 8:20 ހާއިރު މާލެ, އަފާސްމާޓް ފިހާރައިގެ ރެކުގައި ބަހައްޓާފައި ހުރި 4 ދަޅު ރެޑްބުލް ނެގި މައްސަލައިގައެވެ.

މި މައްސަލައިގައި ދައުވާ ސާބިތުކުރުުމަށް ދައުލަތުން 7 ހެކި ހުށަހަޅާފައިވާއިރު, ދިފާއުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

މި މައްސަލައިގައި ކޯޓުން ނިންމީ ހަނީޝްގެ މައްޗަށް ކޮށްފައިވާ ދައުވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. ހަނީޝް ބަންދުގައި ހޭދަކުރި 30 ދުވަސް އުނިކޮށް އޭނާ ތަންފީޒުކުރަން ޖެހޭ ޖަލު އަދަބަކީ 1 މަހާއި 12 ދުވަސްކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ