
މޯލްޑިވިއަނުން ހޯރަފުއްޓަށް ކުރާ ދަތުރުތައް އިތުރުކުރަނީ
# ހޯރަފުށި އެއާޕޯޓް# މޯލްޑިވިއަން# އައިލެންޑް އޭވިއޭޝަންމޯލްޑިވިއަން ގެ ބޯޓެއް ---
ޤައުމި އެއަރލައިން މޯލްޑިވިއަނުން ހޯރަފުށި އެއަރޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.

މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަނުން ބުނެފައިވަނީ، އަންނަ އޭޕްރީލްމަހުގެ 1ވަނަ ދުވަހުން ފެށިގެން ހއ. ހޯރަފުށި އެއަރޕޯޓަށް ހަފްތާއަކު 4 ދަތުރު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
މި ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއަކުވެސް އާދީއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކަމަށް އެކުންފުނިން ބުނެއެވެ.
މޯލްޑިވިއަނުން ހޯރަފުއްޓަށް މިހާރު ކުރަމުން އަންނަނި ހަފްތާއަކު 3 ދަތުރެވެ. އެގޮތުން މި ދަތުރުތައް ކުރަމުން އައީ ކޮންމެ ހަފްތާއެއްގެވެސް އާދީއްތަ، ބުދަ އަދި ހުކުރު ދުވަހުއެވެ.
ހޯރަފުށި އެއާޕޯޓަށް ދަތުރުތައް އިތުރުކުރުމާއެކު އެ އެއާޕޯޓުން ހިދުމަތް ހޯދަމުން އަންނަ ފަސިންޖަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ.ގަ
ގުޅުންހުރި

މާފަރުގައި އޭވިއޭޝަން މޫސުމީ ޚިދުމަތް ދިނުމަށް މެޓް އޮފީހާއި އައިލެންޑް އޭވިއޭޝަން ގުޅިގެން މަސައްކަތް ފަށައިފި
.jpg&w=3840&q=75)
ހަމަ އަސްލަށްވެސް ދިވެހީންގެ އެއާލައިން: މޯލްޑިވިއަނުން 6,000 އަށްވުރެ ގިނަ ޙާޖީންނާއި ޢުމްރާވެރިން އުފުލައިދީފި

11 ގަޑިއިރުގެ ސީދާ ދަތުރާއެކު އޮސްޓްރޭލިއާ ރާއްޖެއާ ގާތަށް!




